ކުދިންތަކެއް ލެބޯޓްރީ ކެމިކަލް ބޭނުންކޮށްގެން ގޮވާތަކެތި ހަދަން އުޅުނު މައްސަލައެއް ބަލަނީ
ސްކޫލް ކުދިންތަކެއް އެ ސްކޫލްގެ ލެބޯޓްރީން ކެމިކަލް ވަގަށް ނެގުމަށްފަހު ގޮވާތަކެތި ހަަދަން އުޅުނު މައްސަލައެއް ބަަލަން ފަށައިފިއެވެ.
މިކަން ފުލުހުން ވަނީ މީޑިޔާތަކަށް ކަށަވަރުކޮށްދީފައެވެ.
ފުލުހުން ބުނީ 15 އަހަރުން ދަށުގެ ކުދިންތަކެއް ސްކޫލެއްގެ ލެބޯޓްރީއަކުން ކެމިކަލްތަކެއް ވަގަށް ނަގައިގެން ގޮވާއެއްޗެއް ތައްޔާރުކުރަން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން ބައެއް ތަންތަން ބަލާާފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް ގެންދާކަމަށެވެ.
މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް ފަރާތެއް ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި ކުދިންތައް ވަގަށްނެގި ކެމިކަލްތައް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް