އިމާރާތްކުރުމުގެ ދާއިރާއަށް ދޭ ލޯނުގެ އަދަދު އިތުރުވެއްޖެ
ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް ބޭންކްތަކުން ދީފައިވާ ލޯނުގެ އަދަދު މިއަހަރުގެ ފުރަތަަމަ ކުއާޓާގައި އިތުރުވެއްޖެއެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ބޭންކުތަކުން އިމާރާތް ކުރުމުގެ ސިނާއަތަށް ދޫކޮށްފައިވާ ލޯނު ތަކުގެ އަދަދު މި މުއްދަތުގައި ވަނީ %17 އިތުރުވެފައެވެ
ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓާގައި އިމާރާތްކުރުމުގެ ސިނާއަތަށް އެތެެރެކޮށްފައިވާ ތަކެތީގެ އަދަދު ވަނީ ދަށްވެފައެެވެ.
އިމާރަތްކުރުމުގެ ސިނާއަތަަށް އެތެރެކޮށްފައިވާ ތަކެތީގެ ތެރޭގައި ހިމެނޭ ލަކުޑި، ދަގަނޑު، ސިމެންތި އަދި އެހެނިހެން ތަކެތި ހިމެނެއެެވެ. މި ތަކެތީގެ އަދަދު ހުސްވި އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު ވަނީ %21 ދަށަށް ގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް