އައިޔޫއެމްގެ ގާނޫނު އިސްލާހު ކޮށްފިނަމަ މަގުން ކަސިޔާރު ވެދާނެ: ޑރ.ޝަހީމް
އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ގާނޫނަށް މިހާރު ހުށައެޅިފައިވާ އިސްލާހު ފާސްވެއްޖެނަމަ އައިޔޫއެމް މަގުން ކަސިޔާރު ވެދާނެކަމަށް ކުރީގެ އިސްލާމިކް މިނިސްޓްރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މީގެ ކުރިން އައިޔޫއެމްގެ ޗާންސެލަރ ކަމުގެ މަގާމު އަދާކުރެއްވި ޑރ.ޝަހީމް މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
ޝަހީމް ވިދާޅުވީ އައިޔޫއެމް ގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ސަބަބުން އައިޔޫއެމްގެ މިސްރާބު ކަސިޔާރުވެ، ހަރުކަށި ފިކުރާ ދިމާއަށް މިސްރާބު ޖަހައިފާނެ ކަމަށެވެ.
އަދިރަނގަޅު ގޮތަކީ އައިޔޫއެމްގެ އެންމެހާ ވެރީންވެސް ރައީސް އައްޔަން ކުރައްވާ ގޮތަށް އޮތުން ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
ޑރ.ޝަހީމް އިސްކޮށް ހުންނަވާ އައިޔޫއެމްއަށް ވަނީ ގިނަ ކުރިއެރުންތަކެއް ގެނެސްދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް