އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި ރިލަޔަންސްގެ 216 މުއައްޒަފުން ޗުއްޓީ ހޭދަކޮށްލަން ރާއްޖެއަށް!
އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ރިލަޔަންސް ކުންފުނީގެ 290 މުއައްޒަފުން ޗުއްޓީ ހޭދަކޮށްލަން ރާއްޖެއަށް އަތުވެއްޖެއެވެ.
ރާއްޖޭގެ ޓްރެވަލް ކޮމްޕެނީ އެއް ކަމަށްވާ އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ފިރާގު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު އިންޑިއާގެ ރިލަޔަންސް ކުންފުނީގެ ފަރާތުން 216 ފަސެންޖަރުން ރާއްޖެ އަށް އައިސްފައިވާކަމަށެވެ.
ހަމައެއާއިއެކު، އެހެން ފްލައިޓަކުން 74 ފަސެންޖަރުން އައިސްފައިވާކަމަށާއި، މިއީ ފަހުގެ ތާރީހެއްގައި އިންޑިއާއިން ރާއްޖެއަށް އައި އެންމެ ބޮޑު ގްރޫޕް ކަމަށް މުހައްމަދު ފިރާގު ވިދާޅުވިއެވެ.
މުހައްމަދު ފިރާގުގެ މި ޕޯސްޓްގައި އެބޭފުޅާ ވަނީ، ސްރީލަންކަން އެއާލައިންސް އިން ރާއްޖެ ޕްރޮމޯޓް ކުރުމުގައި ކުރާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް