މެޑަމް ސާޖިދާ ވާހަކަދައްކަވަނީ..
މެޑަމް ސާޖިދާ ވާހަކަދައްކަވަނީ..
ހަބަރު 20 Nov 2025 | 06:44

އަޅުގަނޑުމެން ވާންވީ އެހެން މީހުންގެ ވޭންތަކާއި ރިހުންތަކަށް އިހްތިރާމްކުރާ ބަޔަކަށް: މެޑަމް ސާޖިދާ

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އެހެން މީހުންގެ ވޭންތަކާއި ރިހުންތަކަށް އިހުތިރާމްކުރާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޯޓްސް އޮތޯރިޓީން ފެށި "ފަހި ޕްރޮގްރާމް- އެކުއެކީ، ގުޅިގެން" އިފްތިތާހްކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން މެޑަމް ސާޖިދާ ވަނީ ނުކުޅެދުންތެރިކަމާއި ހާއްސަ އެހީތެރިކަން ބޭނުންވާ މީހުންނަށް އަޅާލުމާއި އެމީހުްނގެ މުހުތާދުތައް ފިލުވައިދިނުމާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

މެޑަމް ވިދާޅުވީ ދުނިޔަވީ ހަޔާތުން ފެންނަ ތަފާތު ކަންކަމަކީ އިލާހީ ޤަނޫނުކަމަށާއި، ކޮންމެ ދިމާލަކަށް ބަލާލިނަމަވެސް ފެންނަނީ އެކައްޗަކާއި އަނެއްކެއްޗަކާހުރި ތަފާތުކަންކަމަށެވެ. އެކަން ޤަބޫލުކުރުމުގެ މުހިންމު ކަމުގެ މައްޗަށް އިލްމީ ނަޒަރިއްޔާތަކުން ވާހަކަދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، އަޅުގަނޑުމެން ވާންވީ އެހެން މީހުންގެ ވޭންތަކާއި ރިހުންތަކަށް އިހުތިރާމްކުރާ ބަޔަކަށް ކަމަށާއި އިންސާނިއްޔަތުގެ މާތް ސިފަތައް އަށަގަތުމަކީ ތަހުޒީބު ޤައުމެއްގެ ސިފައެއްކަމަށެވެ.

ނުކުޅެދުންތެރިކަމާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މުޖުތަމައުގެ އަޅާލުންދިނުމުގެ މުހިންމުކަން ފާހަގަކުރަމުން މެޑަމް ވިދާޅުވީ ހާއްސަ އެހީތެރިކަމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެންމެ އެކަށީގެންވާ ގޮތެއްގައި މުޖުތަމައުގެ ފަރާތުން ދޭންޖެހޭ އިހްތިރާމް ނުދެވޭކަމަށެވެ.

ހާއްސަ އެހީތެރިކަމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެންމެ އެކަށީގެންވާ ގޮތުގައި މުޅި މުޖުތަމަޢުން ގަދަރު ނުދެވޭކަން. ހިތްވަރާއި އެހީތެރިކަން ފޯރުވައިނުދެވޭކަން.

މެޑަމް ސާޖިދާ ވިދާޅުވިއެވެ

މެޑަމް ވިދާޅުވީ މިކަންކަން ބަދަލުކުރެވޭނީ ނުކުޅެދުންތެރި ފަރާތްތަކާ މެދު ދެކޭ ގޮތް ބަދަލުވެގެންކަމަށެވެ. އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް ކޮންމެވެސް ކަހަލަ ސިއްޙީ ކަމަކަށް ފަރުވާކުރާނެ މީހެއްކަން ފާހަގަކުަރއްވަމުން މެޑަމް ވިދާޅުވީ އެއްވެސް މީހަކީ އެންމެ ފުރިހަމަކަން އެއްވެސް ގޮތަކަށް ލިބިގެންވާ މީހެއް ނޫންކަން މެޑަމްގެ ވާހަކާގައި ފާހަގަކުރެއްވިއެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން މެޑަމް ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިކަމަކީ އެތައް ރައްޔިތުންގެ ހިތްދަތި އިހްސާސްތަކާއި ވޭންތަކަށް ދެވުނު ލޯތްބާއި ކުލުނުވެރިކަމުގެ ފަރުވާއެއްކަން ފާހަގަކުަރއްވާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތުގެ ތެރޭގައި ހިމެނިގެން ކުރިއަށްދާ ކަމެކެވެ. އެގޮތުން މިކަން ކުރިއަށްދަނީ އެމީހެއްގެ ހާލަތަށްބަލައި ކަނޑައެޅޭ ތަމްރީނުތައް ހިންގުމަށްފަހު ޒިންމާތައް އަދާކުރެވޭނެ ގޮތަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...