ރަމަޟާން މަހުގެ އިނާޔަތް ދެމުން ނުދާކަން ފާހަަގަވޭ: ލޭބަރ އޮތޯރިޓީ
ރަމަޟާންމަހުގެ އިނާޔަތްތައް ރަނގަޅަށް ދެމުން ނުދާކަން ފާހަގަކުރެވޭކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ބުނެފިއެވެ.
ލޭބަރ ރިލޭޝަންސް އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ވަޒީފާއާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުގައިވާ ކަންތައްތައް ރަނގަޅަށް ތަންފީޒު ކުރެވެމުންދޭތޯ ކަށަވަރުކުރުމުގެ ގޮތުން އެ އޮތޯރިޓީން ކުރަމުންދާ އިންސްޕެކްޝަންތަކުގައި، ވަޒީފާދޭ ބައެއް ފަރާތްތަކުން ވަޒީފާއާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ރަމަޟާންމަހުގެ އިނާޔަތް ދެމުން ނުދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި ބައެއް ފަރާތްތަކުން ރަމަޟާންމަހުގެ އިނާޔަތް ދިން ނަމަވެސް، ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް އެ އިނާޔަތް ދެމުން ނުދާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
އެހެންކަމުން ވަޒީފާއާބެހޭ ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގެ ދަށުން، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތް ދިނުމަށް ކަމަށް އެ އިއުލާންގައި ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް