ރާއްޖެއިން ގިނަ ބައިނަލްއަގްވާމީ ބައިވެެރިންނާއި ގުޅުން ބަދަހިކުރާނަން: މިނިސްޓަރ ޝާހިދު
ބައިނަލްއަގްވާމީ ގިނަ އަދަދެއްގެ ބައިވެރިންނާއި އެކު ރާާއްޖެއިން ގުޅުން ބަދަހިކުރަން ބޭނުންވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އާޖެންޓީނާގެ ވެރިރަށް ބުއެނޮސް އައިރިސްގައި ކުރިއަށްދާ އދގެ ކޮންފަރެންސް އޮން ސައުތު-ސައުތު ކޯޕަރޭޝަންގެ ދެވަނަ ހައި-ލެވެލް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ތަރައްގީ ވަމުން އަންނަ ދުނިޔޭގެ ސަރަހައްދީ އަދި ބައިނަލްއަގްވާމީ ބައިވެރިންނާއި އެކުގައި މަސައްކަތް ކުރުމަށް ރާއްޖެެއިން ބޭނުންވާކަމަށެވެ. އެގޮތުން އިގްތިސާދީ ގޮތުން ރާއްޖެއަށް ފައިދާކުރަނިިވި ގުޅުންތައް ގާއިމްކުރުމަށް ބޭނުންވާކަމަށް މިނިސްޓަރ ޝާހިދު ފާހަަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުުޅުގައި އިތުރަށް ވިދާޅުވީ ރާއްެޖެއަށް ޒަމާނުއްސުރެ ތަރައްގީ ވެފައިވާ ގައުމުތަކުގެ ފަރާތުން އެއްބާރުލުމާއި އެހީތެރިކަން ލިބިފައިވާކަމަށެވެ. ނަމަވެސް 2011ވަނަ އަހަރު ދިވެހިރާއްޖެއަކީ، މެދުމިނުގެ އާމްދަނީ އެއް ލިބޭ ތަރައްގީވަމުންދާ ގައުމެއްގެ ގޮތުގައި ކަނޑައެޅުމުން އިންވެސްްޓްމަންޓާއި ވިޔަފާރީގެ އާ ފުރުސަތުތަކެއް ހޯދަން ޖެހިފައިވާކަަމަށް ޝާހިދު ވިދާޅުވިއެވެ.
އެހެންކަމުން ތަރައްގީވަމުން އަންނަ ޤައުމުތަކުގެ އިޤްތިޞާދުތަކުގެ ބޮޑު މިނަށް ބަލައި ސައުތު-ސައުތު ކޯޕަރޭޝަންގެ އޮނިގަނޑުގެ ތެރެއިން ދިވެހި ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށާއި، ބައިނަލްއަޤްވާމީ ވާދަވެރި ވިޔަފާރީގެ ތެރެއަށް އިތުރަށް ރާއްޖެ ވަނުމަށް ލިބެންހުރި ހުރިހާ ފުރުސަތެއްގެ ބޭނުން ހިފާނެކަމަށް މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ.
އާޖެންޓީނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ކޮންފަރެންސްގެ ހަވާސާގައި އެހެން ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި އަދި ޑެލިގޭޝަންތަކުގެ އިސް ބޭފުޅުންނާއި މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައި އެކި ދާއިރާތަކުން، ޚާއްސަކޮށް އިޤްތިޞާދީ ދާއިރާގައި އެޤައުމުތަކުންވެސް ޝައުޤުވެރިވާ ކަންކަމާއި މެދު ވަނީ މަޝްވަރާ ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް