ހާޖަރާާގޭ ލުތުފީއަށް މާފެއް ނުކުރާނަން: ރައީސް ސޯލިހު
1988ވަނަ ދުވަހުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ދިން އުދުވާނީ ހަމަލާގެ މޭސްތިރިކަމަށް ޝަރީއަތަށް ހ.ހާޖަރާގޭ އަބްދުﷲ ލުތުފީއަށް މާފު ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
މިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރައްވާފައެވެ.
ލުތުފީ މިވަގުތު ހުރީ މެއިމަހުގެ ފުރަތަަމަ ދުވަހު ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އަމިއްލައަށް ހަވާލުވުމާއި ގުޅިގެން، ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
ރައީސް ވިދާޅުވީ ލުތުފީއަކީ މިގައުމުގެ އެންމެ ބޮޑު ކުށްވެރިޔާކަމަށާއި އޭނާ ހުކުމް ތަންފީޒުކުރަން ޖެހޭނެކަމަށެވެ.
އޭނާ މާލެ ގެނައުމުގެ މަސައްކަތް ލަންކާގެ އިދާރާތަކާއި ގުޅިގެން ކުރަމުންދާކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް