ލޮނުޒިޔާރަތް މަގުގައި ހުންނަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މާލޭ ލޮނުޒިޔާރަތްމަގުގައި ހުންނަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް މިރޭ ހިނގައިފިއެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ލޮނުޒިޔާރަތްމަގު ރަންފައުނު ހާޑުވެއާ ހުންނަ އިމާރާތުގެ އެޕާޓްމަންޓެއްގައެވެ. އަލިފާން ހިފާފައިވަނީ މ.ކުއްޅަވައްގަސްދޮށުގޭ ތިން ވަނަ ފަންގިފިލާގައެވެ.

ހ.ކުއްޅަވައްދޮށުގޭ 3ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ވަނީ އެ ސަރަހައްދަށްގޮސް، އަލިފާންގަނޑު ނިއްވާލާފައެވެ. މިހާދިސާގައި މީހަކަށް އަދި ގެއްލުމެއްވީކަމެއް ސާފެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް