ގަލޮޅު ކަންމަތީގައި އޮތް ވޭނެއްގައި އެއްޗެއް ގޮވައިފި
މާލޭ ގަލޮޅު ކަންމަތި ކައިރީގައި އޮތް ވޭނެއްގައި އެއްޗެއް ގޮވައިފިއެވެ.
ވޭނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މިހާތަނަށް މި ހާދިސާގައި މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
މަންޒަރު ދުށް ފަރާތަކުން ބުނީ، ވޭނުން އެއްޗެސް ގޮވި އަޑު ވަރަށް ބާރަށް އިވުނު ކަމަށާއި، ވޭންގެ ބިއްލޫރިތައް ވެސް އެއްކޮށް ތަޅައިގެން ގޮސްފައިވާ ކަމަށެވެ.
އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެހެންނަމަވެސް، މިހާދިސާ އާއި ގުޅިގެން، މިހާތަނަށް ފުލުހުންގެ ބަހެއް ނުލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް