ލާމަރުކަޒީ ކޮމެޓީގެ މުޤައްރިރުކަމަށާއި ޤައުމީ ސަލާމަތާބެހޭ ކޮމެޓީއަށް ނިޔާޒު
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ނިޒާމާއި ބެހޭ ކޮމެޓީގެ މުގައްރިރުކަމަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ހަމަޖައްސައިފިއެވެ.
ނިޔާޒު މި މަގާމަށް އައްޔަންކުރި އިރު، އެ ކޮމެޓީގެ ނައިބު މުގައްރިރަކަށް ވަނީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހަމަޖައްސާފައެވެ. މި ދެބޭފުޅުންނަކީވެސް ވެރިކަންކުރާ ޕާޓީ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ދެބޭފުޅުންނެވެ.
މިއީ ދިހަ މެންބަރުން ތިބޭ ކޮމެޓީއެއްކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ހުޅުމާލެ ދާއިރާގެ މެންބަރު ނިޔާޒު ވަނީ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީގެ މެންބަރުކަމަށްވެސް އައްޔަންކުރައްވާފައެވެ.
ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީއަކީ ޤާނޫނު އަސާސީގައި މަޖިލީހުގައި އޮތުން ލާޒިމް ކޮމެޓީއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް