"ސަބްމެރިން" އެއްގެ ތެރޭގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކޮށްފި
ފާސްޓްފުޑްގެ ބާވަތްތަކުގެ ތެރެއިން ދިވެހިންގެ ތެރޭގައި އެންމެ މަޤްބޫލް "ސަބްމެރިން" އެއްގެ ތެރޭގައި ފޮރުވައިގެން ރަށަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފިއެވެ.
ސަބްމެރިން އެއްގެ ތެރޭގައި ފޮރުވައިގެން ވ.ފެލިދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވަނީ 35 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެމީހާ ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
މާލެއިން ފުރައިގެން ފެލިދުއަށް ދަތުރު ކުރި ލޯންޗުން ދަތުރުކުރި 35 އަހަރުގެ މީހާ ފުލުުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ބަލައި ފާސްކުރި އިރު އޭނާގެ އަތުގައި އޮތް "ސަބްމެރިން" ގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމް ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފެލިދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގް ކުރަމުން އަންނައިރު އޭނާގެ އަތުން ފެނުނީ މަސްތުވާތަކެތީގެ ކޮން ބާވަތެއް ކަމެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް