އެފަދަ އުދުވާނީ ހަމަލާއެއް ދިނުމުގެ ފުރުސަތު މިހާރު ނޯންނާނެ: މާރިޔާާ
1988ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތިންވަނަ ދުވަހުގައި ދިންފަދަ އުދުވާނީ ހަމަލާއެއް ދިނުމުގެ ފުރުސަތެއް މިހާރު ނޯންނާނެކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރެވެމުންދާ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ރާާއްޖެޓީވީން ގެނެސްދިން "ފަށާއިރު" ޕްރޮގްރާމްގެ ޚާއްސަ އަދަދުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
މާރިޔާ ވިދާޅުވީ ނޮވެމްބަރު ތިނެއްގެ ހަމަލާ ދެވުނު އިރު ސިފައިންގެއިން އޮތީ އެފަދަ ހަމަލާއަަކަށް ރައްދުދިނުމަށް ތައްޔާރުވެގެން ނޫންކަމަށާއި ނަަމަވެސް ދިވެހި ސިފައިން މިއަދު ތިބީ އެފަދަ ހަމަލާއަކަށް ތައްޔާރުވެގެންކަމަށް މާރިޔާ ވިދާޅުވިއެވެ. އެގޮތުން ސިފައިންނަކީ މިއަދު ތަމްރީނުތައް އަބަދު ލިބިލިބި ތިބި ބައެއްކަމަށް މާރިޔާ ފާހަގަކުރެއްވިއެވެ.
އެކަމަނާ ވިދާޅުވީ ޓެރަރިސްޓް ހަމަލާއެއް ދެވޭނީ އެކަމާއި މެދު އެކަށީގެންވާ މިންވަރަށް ހޭލުންތެރިކަން ނެތުމުންކަމަށެވެ. ނަމަވެސް މިހާރު އެފަދަ މައުލޫމާތުތައް އެއްބަޔަކު އަނެއް ބަޔަކަށް ބަދަލުކުރެވޭނެ ފަދަ ނިޒާމު ސިފައިންގެ ތެރޭގައި ގާއިމުކުރެވިފައިވާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުގައި އޮންނަ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ޓެރަރިޒަމާއި މެދު ރައްޔިތުން ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
ފޮޓޯ: ރާއްޖެ.އެމްވީ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް