"ވިޓަމިން ސީ" އަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި
"ވިޓަމިން ސީ" ނަމަކަށް ކިޔާ ފެރީއެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ 175 މީހުންނާއި އެކު ދަތުރުކުރި ވިޓަމިން ސީ ނަމަކަށް ކިޔާ ފެރީ ލޯންޗެއް، ވ.ދިއްގަލުވަށި ފަޅުގެ ހުޅަނގުން 1 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓިގެން އެމްއެންޑީއެފް މާލޭ އޭރިޔާއިން އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.
އެމްއެންޑީއެފްއަށް މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ ހަވީރު 17:44 ހާއިރެވެ.
ވިޓަމިން ސީ އަކީ ތ.އަތޮޅުން ފުރައިގެން މާލެއަށް ދަތުރުކުރި ދޯންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް