ސުޕްރީމް ކޯޓަށް ހައިކޯޓުގެ ހަތަރު ފަނޑިޔާރަކު ކުރިމަތިލައިފި
ސުޕްރީމް ކޯޓަށް އިތުރުކުރެވުނު ދެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ހަތަރު ފަނޑިޔާރަކު ކުރިމަތިލައިފިއެވެ.
ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.
ޖޭއެސްސީން މީގެ އިތުރުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންތަކަކީވެސް ސައްހަ ނަންތަކެއް ކަމުގައިވާ ކަނޑައަޅުއްވާފައެެވެ.
އެއީ ސިވިލްކޯޓުގެ ކުރީގެ ގާޒީ އަލްއުސްތާޛާ އައިޝާ ޝުޖޫނާއި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސުޕްރީމް ކޯޓަށް މިހާތަަނަށް ގިނައިން އައްޔަން ކޮށްފައިވަނީ ކުރިން ހައިކޯޓުގައި ތިއްބެވި ފަރާތްތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް