N/A
N/A
ހަބަރު 25 Jun 2019 | 05:20

އިސްލާމީ ޔުނިވަރސިޓީ އުވާލަން އުޅުމަކީ އެމްޑީޕީގެ ފިކުރުތޯއެވެ؟

ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އުވާލުމުގެ ވިސްނުން އެމްޑީޕީގެ މާސްޓަރމައިންޑުން ރައްޔިތުންގެ މަޖިލީހުގެތެރެއަށް ދޫކޮށްލީއެވެ. އެމްޑީޕީގެ ވެރިޔާ އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހޮވިވަޑައިގެން އިންނެވި މުހައްމަދު ނަޝީދުގެ އެންމެ އަރިސް އެއްބޭފުޅެއްކަމަށްވާ މާފަންނު އުތުރުދާއިރާގެ މެމްބަރ އިމްތިޔާޒް ފަހުމީ ރައްޔިތުންގެ މަޖިލީހުގައި  ވިދާޅުވިގޮތގައި ދިވެހި ރާއްޖޭގައި ކޮންމެހެން އިސްލާމިކް ޔުނިވަރސިޓީ ކިޔާ ޔުނިވަރސިޓީއެއް ހުންނަން ނުޖެހޭކަމަށެވެ. ރާއްޖެއަކީ އިސްލާމީ ގައުމަކަށްވީމާ ރާއްޖޭގައި ހުންނަ ކޮންމެ ޔުނިވަރސިޓީއެއްވެސް ވާނީ އިސްލާމީ ޔުނިވަރސިޓީއަކަށްކަމަށް އޭނާ ވިދާޅުވިއެވެ.

މިބަހުސް އޭނާ ރައްޔިތުންގެ މަޖިލީހުގެތެރޭގައި ފާޅުކުރެއްވީ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ގައުމީ ޔުނިވަރސިޓީއާއި އިސްލާމިކް ޔުނިވަރސިޓީގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލްގެ ބަހުސްގެތެރޭގައެވެ.އިމްތިޔާޒުފަހުމީ ވިދާޅުވީ ދިވެހި ރާއްޖޭގައި މާގިނަ ޔުނިވަރސިޓީތަކެއް ހުންނަން ނުޖެހޭކަމަށާއި އޭނާއަށް ފެންނަނީ މިހާރު ހިގަމުންދާ އިސްލާމިކް ޔުނިވަރސިޓީ ގައުމީ ޔުނިވަރސިޓީގެ ގޮތްޕަކަށް ހަދައިލުމަށެވެ. އޭރުން ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދު ކުޑަވާނެކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ.

އިސްލާމިކް ޔުނިވަރސިޓީއަކީ މީގެކުރިންވެސް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އެއުފައްދަން ވަރަށް މަތީ ދަރަޖައަކަށް ދެކޮޅުހަދަމުން އައި ތަނެކެވެ. ފ އަތޮޅުގައި އިޓަލީގެ ކޮންމެވެސް ޔުނިވަރސޓީއެއް ނަޝީދުގެ ވެރިކަމުގައި ހެދިއެވެ. ނަންބޯޑް އަޅުވާފައި ހުއްޓެވެ. ވެރިކަން ނިމުނީމާ އެޔުނިވަރސިޓީ ބަންދުވިއެވެ. އަނެއްކާ އެމްޑީޕީއަށް ވެރިކަން ލިބުނީމާ އެޔުނިވަރސިޓީގެ ނަންބޯޑް އަޅުވާފައި ހުޅުވައިފިއެވެ. ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓިގެ މައްސަލައަކީ އޭގެކުރިއަށް އިސްލާމް ކިޔާތީއާއި ދީނީ އިލްމުގެ ނޫރު ފަތުރައިދޭ ތަނަކަށްވާތީކަމަށް ވެދާނެއެވެ. އެތަނުން މިހާތަނަށް އިލްމު ހާސިލު ކުރި މަދުކުއްޖަކު މެނުވީ ކުށުގެ ވެށްޓަށް ވަދެފައި ނުވެއެވެ. ނަޝީދުގެ ވެރިކަމުގައި އެތަން ބަދަލުކުރަން އުޅުނީ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީއަކަށެވެ. އާއްމު ރައްޔިތުންގެ ވިސްނުން އެމްޑީޕީގެ މިވިސްނުމަށް އަބުރުވާލުމަށްޓަކައި އެމްޑީޕީގެ ފިކުރަށް ތާއީދުކުރާ ބައެއް އިލްމުވެރިންލައްވައި އޭރުވެސް ވާހަކަދައްކަމުން ގޮސްފައިވެއެވެ. އެކަންނުކުރެވި ރާއްޖޭގެ ފުރަތަމަ އިސްލާމިކް ޔުނިވަރސިޓީ ވުޖޫދަށްއައީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.

އިސްލާމިކް ޔުނިވަރސިޓީ އުވާލުމުގެ ޚިޔާލެއް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުތެރޭގައި އެމްޑީޕީއަކުން ފާޅެއް ނުކުރެއެވެ. އެކަމަކު މަޖިލިސްގެ ސުޕަރމެޖޯރިޓީ ރައްޔިތުން ދިނުމާއެކު އިންތިޚާބުގެ ބޮޑެތި ވައުދުތައް ބަހައްޓާފައި އެންމެފުރަތަމަވެސް އެޖެންޑާކޮށްގެން މިފަށައިގަތީ އިސްލާމީ ޔުނިވަރސިޓީ އުވާލުމުގެ ބަހުސެވެ. ބޭނުމަކީ އެކިފާޑުގެ ބަހަނާ ދައްކައިގެން ވިޔަސް އިސްލާމީ ނޫރުފަތުރައިދޭ މަރުކަޒުގައި ތަޅު އަޅުވައި ލާދީނީ ފިކުރަށް ހުރަސްއެޅޭ ކަންކަން ފަނޑުކޮށްލުމެވެ. އިސްލާމީ އިލްމުފެތުރުމާއި އެމްޑީޕީގެ ލިބަރަލް ނުވަތަ ލާދީނީ ސިޔާސަތުތަކާއި ފުށުއަރާ މިންވަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާދެއްވުމަށްފަހު އެމެރިކާއަށް ވަޑައިގެން އެގައުމުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ސާފުބަހުން ވިދާޅުވެފައިވެއެވެ. އޭނާގެ ވެރިކަމުގައި ރާއްޖޭގެ ތައުލީމީ މަންހަޖު އިސްލާމްދީނާ ތަންކޮޅެއް ދުރު މަންހަޖަކަށް ބަދަލުކުރަން ހުށަހެޅިކަމަށް ވިދާޅުވިއެވެ. އެމެރިކާގެ ނޫހުގައި އެވާހަކަ ޖެހިގޮތަށް އަދިވެސް އެއޮތީއެވެ. މިއީ މުހައްމަދު ނަޝީދުދެކެ ރުޅިއައިސްގެން ހަސަދަވެރިވެގެން ހޭޓްފެތުރުމަށް ބުނާވާހަކައެއްނޫނެވެ. އަމިއްލަދުލުން އެވާހަކަ ދުނިޔެއަށް ކިޔައިދީ ހާމަކުރީމާވެސް އެއީ ހާދަމޮޅުކަމެކޭ ބުނަންވީތޯއެވެ.

މަޖީދިއްޔާއާއި އަމީނިއްޔާގެ ފަޚްރުވެސް ވެއްޔާ މޮޑެލި

ރާއްޖޭގެ އެންމެ ޒަމާންވީ އަދި މަޝްހޫރު ދެސްކޫލްކަމުގައިވާ އަމީނިއްޔާ ސްކޫލާއި މަޖީދިއްޔާ ސްކޫލްގެ ޕްރެސްޓީޖަސް ސްޓޭޓަސް ދުއްވާލީވެސް ލާދީނީ ނުވަތަ ދީނާ ދުރު މިއެޖެންޑާގެ ދަށުންނެވެ. އެދެސްކޫލަކީ އަންހެންކުދިންނާ ފިރިހެން ކުދިން ވަކިން ކިޔަވަމުންދިޔަ ދެސްކޫލެއްގެގޮތުގައި ފެށުނީއްސުރެ އޮތް އޮތުން ނިމުމަކަށްގެނައީ އެއީ އިސްލާމީ ކަމެއްކަމަށް ދެކިގެންކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ. އެކަމަކު އިސްލާމީ ކަމަކަށްވުރެ އެދެސްކޫލް ޒަމާނުއްސުރެ އަންހެންކުދިންނާ ފިރިހެން ކުދިން ވަކިން ކިޔަވައިދޭ ދެތަނުގެ ގޮތުގައި ހިންގަމުންދިޔައީ މަދުރަސަތުއްސަނިއްޔާގެ ދެ ގޮތްޕަށް ނިސްބަތްކޮށް ސިމްބޮލިކް ކަމެއްގެގޮތުގައެވެ. މަޖީދިއްޔާއޭ ނުވަތަ އަމީނިއްޔާއޭ ބުނުމުން ޚާއްސަ ޕްރަސްޓީޖަސްކަމެއް ނުވަތަ ޝަރަފަކާއި ފަޚްރެއް އެދެސްކޫލްގެ ދަރިވަރުންނަށް ރައްދުވީ އެހެންވެގެންނެވެ. މުހައްމަދު ނަޝީދު އެދެސްކޫލްގެތެރެއަށް ފިރިހެންކުދިންނާ އަންހެންކުދިން މަސްހުނިކުރުމުން މަޖީދިއްޔާ އާއި އަމީނިއްޔާއަށް ލިބިފައި އޮތް މި ޝަރަފް ނިމުމަކަށްދިޔައީއެވެ. އެވާހަކަ ދެއްކުމަކީ ނަޝީދުގެ ސިޔާސަތުތަކާހެދި އޭނާއަށް ހޭޓްފެތުރުންތޯއެވެ. އެއޮތީ އެކަންކޮށްފައެވެ. އެކަންކުރީ މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެކަންކުރީ ގަސްދުގައެވެ.

ކޮންމެއަކަސް އިމްތިޔާޒު ފަހުމީގެ ދޫފުޅުންނާއި ނަޝީދުގެ ވަކީލު ހިސާން ހުސައިންގެ ދޫފުޅުން އިސްލާމިކް ޔުނިވަރސިޓީ އުވާލުމުގެ ވާހަކަ ގެނައުމުން އޭގެ ފޮރުވިފައިވާ އެޖެންޑާ އެބަ ދޭހަވެއެވެ. އެއީ އިމްތިޔާޒު ފަހުމީގެ ވާހަކައެއް ނޫނެވެ. އެޕާޓީގައި އޭނާކުޅޭ ދައުރާއި މުހައްމަދު ނަޝީދާއި ގުޅި ލާމެހިފައިވާ ވަރުން އެއީ ސީދާ ޕާޓީގެ ސިޔާސަތުކަން ދޭހަވެއެވެ. އިސްލާމިކް ޔުނިވަރސިޓީގެ ބަޖެޓްގައި އެތައްދުވަހެއްވީ މުސްކުޅި ލިފްޓް މައްސަލަޖެހޭތީ ބަދަލުކުރަން މިއަހަރުގެ ބަޖެޓްގައި ފައިސާ ހިމަނައިދޭން އެދުމުންވެސް ބަޖެޓް ކޮމެޓީގައި ހިމެނުނު އެމްޑީޕީގެ ބައެއް މެމްބަރުންގެ ވާހަކަހުރީ ޖެއްސުމާ އަޅާލުމެއް ނެތްކަން ހާމަކޮށްދޭ ރާގުގައެވެ. އިސްލާމިކް ޔުނިވަރސިޓީ އުވާލަން މުހައްމަދު ނަޝީދު ނިންމައިފިނަމަ އޭނާ ކޮންޓްރޯލް ކުރާ މަޖިލީހުން އެކަން ނިންމުމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކުރިފުޅުމަތީގައި އެނޫންގޮތެއް ނެތިގެންދާނެއެވެ.

އިސްލާމީ ކަންކަމުގައި އެމްޑީޕީގެ ސިޔާސަތު އޮންނާނެގޮތް ދާދިފަހުން ޗެނަލް ނިއުސްއޭޝިޔާގެ ޕްރޮގްރާމަކަށް މުހައްމަދު ނަޝީދު ދެއްވާފައިވާ އިންޓަވިއުއިން ސާފުކޮށް ހާމަކޮށްދެއެވެ. އޭނާ ވިދާޅުވެފައިވެއެވެ. ދީނީމީހުން ނުވަތަ އޭނާގެ ނަމުންނަމަ ސަލަފިސްޓުން ކިޔާނެ އެއްޗެއް އެމީހުން ކިޔާށެވެ. އަހަރެމެންކިޔާ އެއްޗެއް އަހަރެމެން ކިޔާނަމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...