އެސްއޯއެފްގެ ޑޮލަރ މާރުކުރުުމުގެ ހުއްދަ ވަނީ ބާތިލްކުރެވިފައި!
ސްކޯސް އޮފް ފްލެއަރ ޕްރައިވެޓް ލިމިޓެޑަށްދީފައިވާ ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ބާތިލްކުރެވިފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.
ވޮއިސްއަށް މައުލޫމާތު ދެއްވަމުން އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑަށް ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ލިބުނީ 2015ވަނަ އަހަރުގެ ޖެނުއަރީމަހުގެ 13 ވަނަ ދުވަހުގައި ކަމަށެވެ. ނަމަވެސް އެމްއެމްޕީއާރްސީގެ ތަހުގީގުގެ ކަންކަން ނިމުމާއި އެކު، އެމްއެމްއޭގެ ފަރާތުން އެ ހުއްދަ ބާތިލްކުރިކަމަށް މުއައްވިޒް ވަނީ ވިދާޅުވެފައެވެ.
އެ ހުއްދަ ބާތިލްކުރެވިފައިވަނީ 2016ވަނަ އަހަރުގެ ޖޫންމަހުގެ 21ވަނަ ދުވަހުގައެވެ.
އޭސީސީން މިއަދު ހާމަކުރި އެމްއެމްޕީއާރްސީގެ ތަހުގީގުގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެކުންފުނިން ވިއްކި ރަށްތަކުން ދައުލަތަށް ވަންނަންޖެހޭ ފައިސާތަކުގެ ތެރެއިން ބޮޑު ބައެއް ވަނީ އެސްެއޯއެފްއަށް ގޮސްފައެވެ.
އެ ފައިސާއިން އެސްއޯއެފްއިން ވަނީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތްތައްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް