ލުތުފީ ފިލައިގެން އުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހަށް!
1988ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ދިވެހިރާއްޖެއަށް ދިން ނުރައްކާތެރި އުދުވާނީ ހަމަލާއާއި ގުޅިގެން ޖަލުހުކުމް ތަންފީޒުކުރަމުން ދަނިކޮށް، ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލައިގެން ދިޔަ މައްސަލަ މަޖިލީހަށް ވައްދައިފިއެވެ.
ހދ.ނޮޅިވަރަމް މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވެއްދި މި މައްސަލައިގައި އެދިފައިވަނީ ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ އާއި މިކަމާއި ގުޅޭގޮތުން ސުވާާލު ކުރުމަށެވެ.
މެންބަރު ނަޝީދު އެދިފައިވަނީ ރާއްޖެއަށް ލުތުފީ ގެނައުމަށް އެއްވެސް މަސައްކަތެއް ކުރެވޭތޯ ބެލުމަށާއި އަދި އޭނާ މިހާރު އުޅޭ ތަނެއް ސަރުކާރަށް އިނގޭތޯ ބެލުމަށެވެ.
މި މައްސަލައަށް ޖަވާބުދާރީ ވުމަށް ހޯމް މިނިސްޓަަރަށް ވަނީ ނޯޓިސް ފޮނުވިފައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް