އަންނަ ހޮނިހިރު ދުވަހު ރޯދައަށް ހަނދު ބަލާނެ
ރަަމަޟާން މަހުގެ ހަނދު ސާބިތުކުރުމުގެ ކަންތައްތައް އަންނަ ހޯމަދުވަހުގައި ބޭއްވުމަށް ޑިޕާރޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ނިންމައިފިއެވެ.
ޑީޖޭއޭއިން ބުނީ ރޯދަ މަހުގެ ހަނދު ދުށް މީހަކު މާލޭގައި ނަމަ ހެކިބަސް ދޭނީ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިމަތީގައި ކަމަށެވެ. އަދި އަތޮޅު ތެރޭގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ކުރިމަތީގައިކަމަށެވެ.
އަދި މެޖިސްޓްރޭޓަކު ނެތްނަމަ ރަށު ކައުންސިލު އިދާރާ ހިންގެވުމާއި ހަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިމަތީގައި ވެސް ހެކިބަސް ދެވޭނެގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
ހަނދު ފެނިގެން އެކަމުގެ މައުލޫމާތު ދޭއިރު ގާތްގަނޑަކަށް ހަނދު ހުރި އުސްމިނާއި މިސްރާބު އަދި އެނޫން ވެސް އެފަދަ މުހިއްމު މައުލޫމާތުތައް ދޭންޖެހޭނެއެވެ.
ހަނދާ ބެހޭ ގޮތުން ގޮތެއް ނިންމާނީ އަންނަ ހޮނިހިރު ދުވަހު އޮންނަ ހަނދާ ބެހޭ ޖަލްސާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް