N/A
N/A
ހަބަރު 19 Feb 2019 | 04:46

ފެބްރުއަރީ މަހަކީ ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް ނުރައްކާތެރި މަހެއް!

ދިވެހިރާއްޖޭގައި މަލްޓި ޕާޓީ ޑިމޮކްރަސީ ތައާރަފްވިތާ ގާތްގަނޑަކަށް ވާނީ 14 ވަރަކަށް އަހަރެވެ. އެހެންކަމުން އެ ނިޒާމަކީ ޅަފަތުގައި އޮތް ނިޒާމެކޭ ބުނުން ވަނީ ހެދޭ ދޮގަކަށެވެ. ރާއްޖޭގެ ޑިމޮކްރަސީއަކީ ޒުވާން ފައްތަރަށް އަޅާފައިވާ ނިޒާމެކޭ ބުނެލަމާތޯއެވެ. މިވޭތުވެދިޔަ 14 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި ވަނީ އެކި ހާދިސާތައް ހިނގާފައެވެ.

އޭގެ ތެރެއިން ބައެއް ހާދިސާތަކަކީ ތާރީޚުގައި ރަން އަކުރުން އެއްބަޔަކު ފަވާނެ ހާދިސާތަކެވެ. އަނެއް ހާދިސާތަކަކީ ތާރީޚުގައި ކަޅު އަކުރުން ފަވާނެ ހާދިސާތަކެވެ. ހާދިސާ ލިޔާނެ ކުލަވަރު އާންމުގޮތެއްގައި ބިނާވެގެންވަނީ ތިމާގެ ސިޔާސީ ފިކުރާއި ނަޒަރިއްޔާތުގެ މައްޗަށެވެ. ކޮންމެ ކުލަޔަކުން ހާދިސާތައް ލިޔުނަސް، ފެބްރުއަރީ މަހަކީ ދިވެހި ސިޔާސީ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ހާދިސާތަކެއް ހިނގާފައިވާ މަހެކެވެ.

އެހެންކަމުން ފަހުގެ ތާރީޚުގައި މިމަހުގައި ހިނގި ބައެއް ހާދިސާތައް ބަލާލަމާ ހެއްޔެވެ؟

7-8 ފެބްރުއަރީ 2012:

7 ފެބްރުއަރީ އެއްބަޔަކަށް ގައުމީ ބަތަލުންތަކެއް ނުކުމެ، ވަތަނާއި ދެކޮޅު ސަރުކާރެއް ވައްޓާލި ނަސްރުގެ ދުވަހެކެވެ. އަނެއްބައި މީހުންނަށް އެއީ ޑިމޮކްރަސީ ފުނޑުފުނޑުވެގެންދިޔަ ހިތާމައިގެ ދުވަހެކެވެ. ކޮންމެ ނަޒަރަކުން ބެލިކަމުގައިިވިޔަސް، 2012ވަަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަަނަ ދުވަހު ޖުމްހޫރީ މައިދާން ސަރަހައްދުގައި ސިފައިންނާއި ފުލުހުން ހިންގި ކުރިމަތިލުމާއި މަސްރަހު ހޫނުވެގެން ގޮސް އިސްތިއުފާ ދެއްވުމަށް އޭރުގެ ރައީސް މުހައްމަދު ނަޝީދަށް މަޖުބޫރުވެގެންދިޔަ ހާދިސާއަކީ އޭގެ ކުރިން ދިވެހި ތާރީޚުގައި ފެނިފައި ނުވާފަދަ މަންޒަރެކެވެ.

އެއަށްފަހު އޭގެ އޭގެ އަނެއްދުވަހު އެމްޑީޕީގެ ސަފުތައް އަލުން ރުކުރުވާލުމަށްފަހު މަގުމައްޗަށް ނުކުތުުމުން ސިފައިންނާއި ފުލުހުންގެ އޮފިސަރުން އެމްޑީޕީގެ އިސްވެރިންނާއި އެކްޓިވިސްޓުންނަށް "ޖަޒުބާތުގައި" ޖެހިގެން ދެވުނު އަނިޔާއަކީ ދިވެހިންގެ ތެރެއިން ގިނަބަޔެއްގެ ހިތުން އަދިވެސް ނުފިލާނެ ފަދަ ހާދިސާއެކެވެ.

ހަމަ އެގޮތަށް 8 ފެބްރުއަރީ ވެގެންދިޔައީ އެމްޑީޕީގެ އެކްޓިވިސްޓުން ނިކުމެ ޤައުމަށް އިތުރު ބޮޑު ހުޅެއްގެނުވި ދުވަހަކަށެވެ.

ނަމަވެސް ތަގުދީރުގައި ކަންެއޮތްގޮތް ބައްލަވާށެވެ. އޭރު ރައީސް ނަޝީދާއި އެމަނިކުފާނުގެ ސަރުކާރާއި ދެކޮޅަށް ނުުކުތް ގިނަ ފަރާތްތައް މިއަދު އެތިބީ އެމަނިކުފާނާއި ކޮނޑާއި ކޮނޑު ޖައްސަވައިގެންނެވެ. ސިޔާސީ ކަންތައްތައް ދެން އޮންނާނީ މިފަދަ އުސޫލަކުން ނޫންތޯއެވެ؟

22 ފެބްރުއަރީ 2015:

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވައްޓާލަންޖެހުމުގެ ހުއްޖަތެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ދައްކާފައި ވަނީ ކްރިމިނަލް ކޯޓުގެ އޭރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމެވެ.

އެ މައްސަލައިގެ ދައުވާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އުފުލުމަށްފަހު މައްސަލަ ދިރާސާކުރުމަށް ކަމަށްބުނެ ޕީޖީން މައްސަަލަ އަނބުރާ ގެންދިޔައެވެ.

ނަމަވެސް 2015ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 22ވަނަ ދުވަހުގެ މެންދުރުފަސް ވެގެންދިޔައީ އެ މައްސަލަ އަލުން އެނބުރި އައުމަށެވެ. އެ މައްސަލައިގައި އެމަނިކުފާނު ހައްޔަރުކުރެވި، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުނެވެ. އޭރު އިދިކޮޅު ފަރާތްތަކުން ދިޔައީ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާއެއްވެސް ރާއްވަވަމުންނެވެ.

އެދުވަހު ރައީސް ނަޝީދު އެމަނިކުފާނުގެ އަނބިކަނބަލުންގެ ގެކޮޅުން ގެންދަން ފުލުހުން ޖެހުނީވެސް ވަރަށް ހާލުންނެވެ. ފުލުހުންގެ ވެހިކަލް ވަށާލައި އެމްޑީީޕީގެ ސަޕޯޓަރުން ތިބުމުން ފުލުހުން އެންމެފަހުން ޖެހުނީ ގަދަބާރުން އެމީހުން އެތަނުން ދުރުކުރާށެވެ.

އެއަށްފަހު އެދުވަހުގެ ހަވީރު، އެމަނިކުފާނު ކޯޓަށް ހާޒިރުކުރި ވަގުތު ހިނގައިދިޔަ ކަންކަމާއި، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖެހުމާއި އެކު އެ ދުވަސްވެސް ވަނީ ދިވެހި ސިޔާސީ ތާރީޚުގައި ފެބްރުއަރީ މަސް ޚާއްސަ ކޮށްދީފައެވެ.

1 ފެބްރުއަަރީ 2018:

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދައުރުގައި އެމަނިކުފާނަށް ދައުލަތުގެ ތެރެއިންނާއި ބޭރުން ޗެލެންޖްތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވެއެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރު ވެގެންދިޔައީ އެމަނިކުފާނަށް ކުރިމަތިވި ބޮޑު އިމްތިހާނަކަށެވެ.

އިދިކޮޅަށް ތިއްބެވި ހުރިހާ ސިޔާސީވެރިން ދޫކޮށްލުމަށް އެރޭ ކޯޓުން އަމުރުކުރުމާއި އެކު މުޅި ރާއްޖެ ކެކިއުުުތުރި އަރައިގެންދިޔައެވެ. މިގޮތުން ބައެއް ފަރާތްތަކުން އެރޭ އުފަލުން ކަރުނަވެސް އަޅައި ހެދިއެވެ. ނަމަވެސް އާޚިރުގައި ކުޅިބައި މޮޅަށް ކުޅުއްވީ ރައިސް ޔާމީންއެވެ. ވެެރިކަމުގެ ދައުރުގައި ދެވަނަ ފަހަރަށް ކުއްލި ހާލަތު އިއުލާންކުރައްވާ، ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި އެއްބަފާ ބޭބޭފުޅާއި، އުއްތަމަ ފަނޑިޔާރު ފަަދަ ފަރާތްތައް ހައްޔަރުކުރެއްވިއެވެ.

ކަންވެގެން ނިމުނުއިރު އެ އަމުރުވެސް ބާތިލްކުރީ ހަމަ އެ އަމުރު ނެރުނު އަމުރު ނެރުނު ކޯޓުންނެވެ. އެ އަމުރު ނެރުނީ އިދިކޮޅުން ކޯޓަށް ރިޝްވަތުވެސް ދީގެންނެވެ .

18 ފެބްރުއަރީ 2019:

2018ވަނަ އަހަރުގެ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު އާދަޔާ ޚިލާފު އަމުރަށްފަހު ރައީސް ޔާމީން ބަލިވުމުގެ ސިލްސިލާ ފެށުނީކަމަށް ގިނަ ފަރާތްތަކުން އޭރު ބުންޏެވެ. ކަންވީވެސް އެހެންނެވެ. އެ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ބޮޑު ތަފާތަކުން ބަލިވެ ވަޑައިގެންނެވީއެވެ.

ދިވެހި ހަރުބަހެއްގައި އޮވެއެވެ. ތިމާ ފޭހުނު އިލޮށި ހެރޭނީ ތިމާގެ ލޮަލަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށްވެސް ވީ އެބީދައިންނެވެ. އެމަނިކުފާނުގެ ސަރުކާރުން ސީދާ އަންގަވައިގެން ޝަރުއީ ނިޒާމުން ރައީސް ނަޝީދަށް ޖެއްސެވިކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުުރު އެމަނިކުފާނުގެ މައްޗަށްވެސް އައީއެވެ.

އިއްޔެގެ ޝަރީއަތުގެ މަޖިލީހުން ރައީސް ޔާމީންގެ މައްޗަށް އެ އަމުރު އައީ ހެއްކެއްގެ ހެކިބަސް ބަދަލު ކުރަން އުޅުނުކަމަށް ތުހުމަތުކޮށެވެ.

އަދި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް، އެފްއައިޔޫއިން ފުލުހުންނަށް ހުށަހެޅި އެސްޓީއާރްއާ ގުޅިގެން ވެސް ނުފޫޒު ފޯރުވައި އެ މައްސަލަ ކުރިއަށް ނުގެންގޮސް ބޭއްވުމަށް ރައީސް ޔާމީން މަސައްކަތް ކުރެއްވި ކަން އެނގޭނެ ސިއްރު ލިޔުމެއް ވެސް ޕީޖީއިން އިއްޔެ ވަނީ ހުށަހަޅާފައެވެ.

އެއާއި އެކު އެމަނިކުފާނު މިއަދު ހުންނެވީ މާފުށި ޖަލުގެ ތޭރިތަކުގެ ފަހަތުގައެވެ.

2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހިނގިކަމަކާއި ގުޅިގެން އެކި އަހަރުތަކުގެ ފެބްރުއަރީ މަހު ހިނގި ހާދިސާތަކަށް ބަލަމާތޯއެވެ. އެއް ހާދިސާ އަނެއް ހާދިސާއާއި ކިތަންމެހާވެސް ގުޅެއެވެ. އިހުގެ ހަތުރުން އަދުގެ މިތުރުންނަށެވެ. އިހުގެ އަނެކާގެ ހާލަތު އަދުގެ ތިމާގެ ހާލަަތަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...