އާސަންދަ ހަމަޖައްސައިދޭނެ ކަމަށް ބުނެ، ގެއަކަށް ގެންގޮސް ފޭރެން އުޅެފި
އާސަންދަ ހަމަޖައްސައިދޭނެ ކަމަށް ބުނެ، ގެއަކަށް ގެންގޮސް ބިރު ދައްކައި، ފޭރެން އުޅެފިއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދާއި ގޮތަށް ނިންމުމަށް ކްރިމިނަލް ކޯޓިަށް ހާޒިރު ކުރީ އިއްޔެއެވެ.
ކްރިމިނަލް ކޯޓުގެ ބަނދުގެ އަމުރުން އެނގޭގޮތުގައި، ޖުމްހޫރީ މައިދާން ކައިރީން މީހަކާ ދިމާވެގެން އާސަންދަ ހަމަޖައްސައިދޭނެ ކަމަށް ބުނެ އެމީހާ ވަނީ ފިނިހިޔާ ގޯޅީގައި ހުރި ގެއަކަށް ވައްދައިފައެވެ.
އެއަށްފަހު، ފޯނާއި ފައިސާ ފޭރެން އުޅުނު ކަމަށާއި، ފިރިހެންމީހާގެ އަތުގައި އޮތް ގަލަމެއް، ކަރުގައި ޖައްސާ ހަޅޭއްނުލެވުމަށް ބުނި ކަމަށް ހާދިސާ ރިޕޯޓުން އެނގެން އޮތް ކަމަށް ކްރިމިނަލް ކޯޓުގެ ބަންދުގެ އަމުރުގައިވެއެވެ.
މީނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް