N/A
N/A
ހަބަރު 08 Jul 2019 | 04:30

މިދިޔަ އަހަރު ނިމުނުއިރު ރަސްމީ ރިޒާވް ހުރީ 712 މިލިއަން ޑޮލަރުގައި: ގަވަރުނަރު

2018 ވަނަ އަހަރު ނިމުނުއިރު ރަސްމީ ރިޒާވްގައި 712 މިލިއަން ޑޮލަރު ހުރިކަމަށް ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.

އެމްއެމްއޭގެ 38 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަހުމަދު ނަސީރު ވިދާޅުވީ 2018 ވަނަ އަހަރު ރާއްޖޭގެ މާލީ ދާއިރާ އޮތީ ވަރަށް ހަރުދަނާކޮށް ކަމަށެވެ.

އެގޮތުން ބޭންކިން އަދި އެނޫންވެސް ދާއިރާތަކުގެ ފައިނޭންޝިންގް ރޭޝިއޯތަކާއި އެސެޓްސްތަކުގެ ފެންވަރު ރަގަޅުވެ، އަދި ރައުސްމާލުގެ ފުއްދުންތެރިކަން ވަރުގަދަކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ އެމިންގަނޑު ހުރީ ޖުމްލަ އެސެޓްސްގެ ނިސްބަތުން ރައުސްމާލު މަދުވެގެން ހުންނަންޖެހޭ ކަމަށް އެމްއެމްއޭއިން ކަނޑައަޅާފައިވާ މިންވަރަށްވުރެވެސް މަތީގައި ހިފެހެއްޓިފައި ކަމަށެވެ.

އެގޮތުން 2018 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވުގައި 712 މިލިއަން ޑޮލަރު ހުރިކަމަށާއި މިއަދަދަކީ އޭގެ ކުރީ އަަހަރާ އަޅާބަލާއިރު 21 އިންސައްތައިގެ ކުރިއެރުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ނަސީރު ވިދާޅުވީ އަދި އެމްއެމްއޭ އަކީ ރައްޔިތުން އިތުބާރުކުރާ، އަދި ނަޒާހަތްތެރި މުއައްސަސާއެއްގެ ގޮތުގައި އޮންނަން ޖެހޭ އިދާރާއެއް ކަމަށާއި ޝަރުއީ ދާއިރާގެ ކަންކަން އިސްލާހުކުރުމަށް މަސައްކަތްކުރާ ގޮތަށް، މާލީ ދާއިރާ އާ ގުޅުންހުރި އިސްލާހުތަކަށްވެސް ހާއްސަ އިސްކަމެއް ދިނުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

އެމްއެމްއޭގެ އެތެރޭގެ ހިންގުން ހަރުދަނާ ކުރުމާއި ބެހޭ ގޮތުންވެސް މިބައްދަލުވުމުގައި ނަސީރު ވާހަކަދެއްކެވިއެވެ. އެގޮތުން، އޮތޯރިޓީގެ އެތެރޭގެ ހިންގުމަށް ގެންނަންޖެހޭ މުހިއްމު ބޮޑެތި ބަދަލުތައް ގެންނަމުންދާކަމަށާއި ރައްޔިތުންގެ އިތުބާރު ވަރުގަދަ ކުރުމަށްޓަކައި އަޅަންޖެހޭ ވަރަށް ގިނަ ފިޔަވަޅުތައް މިހާރު އަޅަމުންދާކަމަށް ނަސީރު ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ 21 ވަނަ ގަރުނުގައި ބަވަނަވަމުންދާ ދުނިޔޭގައި މާލީ ދާއިރާއަށް އަންނަ ތަރައްގީއަށް އަހުލުވެރިވުމަށް އެމްއެމްއޭއިން ވެސް މަސައްކަތްކުރަމުންދާ ކަމަށެވެ.

އަދި އެމްއެމްއޭގެ ޒަމާނީ ވިސްނުން ހުރީ ޑިޖިޓަލް ކަރަންސީ އާ ދިމާލަށް ކަމަށާއި އެހެންކަމުން އެމްއެމްއޭގެ ވެސް އަމާޒަކީ ޓެކްނޮލަޖީ ގޮތުން ކުރިއެރުންތައް ހޯދާ އިންގީލާބީ އަދި އީޖާދީ ބަދަލުތައް އެދާއިރާއަށް ގެނައުން ކަމަށް ނަސީރު ވިދާޅުވިއެވެ.

އެހެންކަމުން އެންމެ އިސްކަމެއްދީގެން ކުރިއަށްގެންދާ އެއް މަޝްރޫއަކީ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް، ކަމަށާއި އެ މަޝްރޫއުގެ ތެރެއިން ރާއްޖޭގެ ފައިސާގެ މުއާމަލާތްތައްކުރުމުގައި ނަގުދު ފައިސާއަށް ބަރޯސާނުވެ އެންމެ ޒަމާނީ ފެންވަރުގައި ޑިޖިޓަލްކޮށް ބޭނުންކުރުމުގެ މަގު ފަހި ވެގެން ދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...