މާމިގިލީ ރައްޔިތުން ގާސިމަށްޓަކައި ފަޚުރުވެރިވާންޖެހޭ: އަލްހާން
މާމިގިލީގެ ރައްޔިތުން އެދާއިރާގެ މެންބަރ އަދި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމަށްޓަަކައި ފަޚުރުވެެރިވާން ޖެހޭކަމަށް ޖޭޕީގެ ފަރާތުން ހެންވޭރު އުތުުރު ދާއިރާއަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިހެން ވިދާޅުވީ މާމިގިލީ ގައި އޮތް ގާސިމްގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެބޭފުޅާ ވިދާޅުވީ މާމިގިލީގެ ރައްޔިތުން ގާސިމަށްޓަކައި ފަޚުރުވެރިވާންޖެހޭ ކަމަށާއި ގާސިމް ގައުމަށާއި ދުނިޔެއަށް ކޮށްދެއްވީ ކޮން ކަމެއްކަން ދުނިޔެވެސް ގަބޫލުކުރާ ކަމަށެވެ.
އަލްހާން އިތުރަށް ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން އެމްޑީޕީއަށް ރަނގަޅު ބާރަ ގޮނޑިވެސް ނުލިބޭނެ ކަމަށެވެ.
ރޭގެ ޖަލްސާގައި އަލްހާން ވަނީ އެމްޑީޕީން ގާސިމަށް ނިސްބަތްކޮށް އެމްޑީޕީގެ ފަރާތުން ސޭޓު ކިޔާތީ، ރިޔާސީ އިންތިޚާާބު ދުވަސްވަރު ކަންތައްތައް ހިނގައިިދިޔަ ގޮތުގެ ވާހަކަފުޅު ދައްކަވާފައެވެ.
'' އަޅުގަނޑުމެން އެންމެނަށްވެސް އެނގޭ މިދިޔަ ރިޔާސީ އިންތިހާބަށް ފުރޮޅައިލި އިރު ގާސިމް އިންނެވީ ޖަލުގައިކަން. އަޅުގަނޑުމެންނަށް އިނގޭ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އޮތް ފުރުސަތު ގެއްލުވާލިކަން، މަޖިލީހަށް ނުހަމަ ނުފޫޒުތަކެއް ވައްދައިގެން ގާނޫނު އަސާސީ ބަދަލުކޮށްގެން. އެފުރުސަތު ގެއްލުވާލާފައި، ޖަލަށް ލައިގެން އިންތިހާބެއް ބޭއްވިއިރު އަޅުގަނޑުމެން ހަނދާން ހުންނާނެ މިއަދު ސޯޝަލް މީޑިއާގަ އާއި އެވިދާޅުވާ އެމްޑީޕީގެ ޕޯޑިއަމްގައި ސޭޓު ނޫން ގޮތެކޭ ކިޔައިގެން ވާހަކަދެއްކި އިރު އެނޫން ގޮތެއް އޮތްތޯ އެދުވަހު.'' އަލްހާން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް