ެއެމްޑީއެންއާއި ދެކޮޅަށް ދުވާފަރުގައި ހިނގާލުމެއް ބާއްވައިފި
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓާއި އިދިކޮޅަށް ރ.ދުވާފަރުގައި ހިނގާލުމެއް ބާއްވައިފިއެވެ.
އެރަށުގެ ބޮޑެތި މަގުތަކުގައި ބޭއްވުނު މި ހިނގާލުމުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. މި ހިނގާާލުމުގެ ބައިވެރިން ވަނީ އެމްޑީއެން ކުށްވެރިކޮށް ޝުއޫރު ފާޅުކޮށްފައިވާ ބޯޑުތަކުގެ ބޭނުންކޮށްފައެވެ.
މި ހިނގާލުމުގެ ބައިވެރިން ވަނީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި އެމްޑީއެންގެ އިސްފަރާތްތައް މަގާމުތަކުން ވަކިކުރުމަށާއި، އިސްލާމްދީން ހިމާޔަތްކުރުމަށް ގޮވާލާފައެވެ.
މި ހިނގާާލުމުގައި 200އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވިކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް