ބާ ކައުންސިލްގެ އެކްސްކޯގެ އާ މެންބަރަކަށް ނޫރުބާން ފަހުމީ
ދިވެހިރާއްޖޭގެ ވަކީލުންގެ ކަންކަން ބެލެހެއްޓުމަށް އުފައްދާފައިވާ ބާ ކައުންސިލްގެ އެކްޒެކެޓިވް ކޮމެޓީގެ މެންބަރަކަށް ނޫރުބާން ފަހުމީ ހޮވިވަޑައިގެންފިއެވެ.
މި މަގާމަށް ނޫރުބާން ހޮވިވަޑައިގެންނެވީ ހުސްވެފައިވާ އެކްސްކޯގެ މެންބަރުކަމަށް ވަކީލަކު އައްޔަންކުރުމަށް ބޭއްވި ރީ-އިލެކްޝަން ކާމިޔާބުކުރުމުންނެވެ. މި ރީ-އިލެކްޝަަން ބާއްވާފައިވަނީ އެމަގާމުގައި ހުރި އައިޝާ ޝުޖޫން މުހައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމާއި ހަވާލުވެ ވަޑައިގަތުމުންނެވެ.
މި އިންތިޚާބުގައި ޖުމްލަ 202 ކެނޑިޑޭޓުން ވަނީ ވާދަކުރައްވާފައެވެ.
މި މަގާމަށް ނޫރުބާން ހޮވިވަޑައިގެންފައިވަނީ 101 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަ ކުރެއްވި އަބްދުއްސަލާމް އާރިފަށް ލިބިވަޑައިގެންފައިވަނީ 97 ވޯޓެވެ.
ނޫރުބާން ފަހުމީ އަކީ ރާއްޖޭގެ މިވަގުތު މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރުގެ މަގާމް އަދާކުރައްވަމުން ގެންދަވާ ފަރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް