މާރާމަރީ ހިންގި ދެ ބިދޭސީން ޑީޕޯޓް ކޮށްލަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ބިދޭސީ ދެ މީހެއްގެ މެދުގައި ރޭ ހިނގި މާރާމަރީއާ ގުޅިގެން އެ ދެ މީހުން ޑީޕޯޓްކޮށްލަން ނިންމައިފި އެވެ.
ފުލުހުން ބުނީ އަސުރުމާ ގޯޅީގައި ދެ މީހެއްގެ މެދުގައި ހިނގި މަރާމާރީގެ މައްސަލަ ރޭ 7:11 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި މާރާމާރީ ހިނގާފައިވަނީ ދެ ބިދޭސީންގެ މެދުގައި ކަަމަށާށ އެކެއްގެ ބޯފެޅި އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާއަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
އެ ދެ މީހުން ހައްޔަރު ކުރި ކަމަށްވެސް ބުންޏެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
ފުލުހުން މިރޭ ބުނީ އެ ދެ މީހުން ޑީޕޯޓްކޮށްލަން އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް