މާލޭގެ މަގުތައް ސިޓީކައުންސިލުން ޒަމާނީކޮށްލަނީ
މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރަން ނިންމާފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
ރޭ ޓީީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ މާލޭގެ ދެ މަގެއް ފިޔަވައި ހުރިހާ މަގެއް، ޒަމާނީ އަދި ކޮންނަން ނުޖެހޭ ފެންވަރަށް ތަރައްގީކުރަން ޖެހޭ ކަމަށެވެ.
ޝަމާއު ވަނީ މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެއްކަމަށް ވިދާޅުވެފައެވެ. އަދި މިކަމާއި މަގުތަކުގައި ހުރި އެހެން މައްސަލަތައް ދެނެގަތުމަށް ކަމާ ގުޅޭ ބޭރުގެ ކޮންސަލްޓަންޓެއް މި މަހުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށް އެބޭފުޅާ ހާމަކުރެއްވިއެވެ.
އަދި މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން، މާލޭގެ މަގުތަކުގައި އަޅާފައި ހުރި ޑީވޯޓަރިން ހޮޅިތައް ނަގަން ފަށާފައިވާ ކަމަށް ޝަމާއު ފާހަގަކުރެއްވިއެވެ.
މާލޭގެ މަގުތައް ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން، މަގުތައް ފެހިކުރުމަށް ގަސް އިންދުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް