ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނަށް ވަރުވާ ދޭންޖެހޭ: މުސްތަފާ
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނަށް ވަރުވާ ދައްކަންޖެހޭކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ މިހެން ވިދާޅުވީ އެންބިއުލާންސްތަކެއް ގަތުމަށް އިންޑިޔާގެ ކުންފުންޏެއްކަމުގައިވާ އެމްއެމް އެކްސްޕޯޓްސްއަށް ބޮޑުއަގުގައި ދިން މައްސަލައާއި ގުޅިގެން ކުރެއްވި ޓްވީޓްތަކެއްގައެވެ.
އެބޭފުޅާ ވިދާޅުވީ މިއީ އެމްއެމް އެކްސްޕޯޓުން ވަރުވާއަށް ނަގައިގެން އުޅޭ ގައުމެއްކަމަށާއި، ވަރުވާ ދައްކަންޖެހެނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނަށް ކަމަށެވެ.
މުސްތަފާ އިތުރަށް ވިދާޅުވީ އެމްއެމް އެކްސްޕޯޓްގެ ވެރިޔާއަކީ 1989ވަނަ އަހަރު މެޑްރާސްގެ މަގުމަތީގައި ފިޔާނޮޅަން އިން މީހެއްކަމަށެވެ.
ނަމަވެސް މިއަދު އޭނާއަކީ ދިވެހި ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ކޮރަޕްޓް ކޮށްގެން ދެކުނު އިންޑިޔާގައި ހުރި އެންމެ ބޮޑު މަހުޖަނުކަމަށެވެ. އަދި އޭނާއަށް އޮތް ފައިދާއަކީ އެންމެ ޖީބަށް ލުއިކޮށް ކޮރަޕްޓްކޮށްލެވޭ ގައުމަށް ރާއްޖެވުންކަމަށް މުސްތަފާ ވަނީ ފާހަގަކުރައްވާފައެވެ.
ފޮޓޯ: އެޑިޝަން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް