ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖާއި ދިމާކޮށް ހިލޭ ދަތުރުތަކެއް ދެނީ
ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައެޅި ޓެކްސީ ދަތުރުތަކުގެ އަގު ހިތްހަމަނުޖެހިގެން މާދަމާ ޓެކްސީ ޑްރައިވަރުން ދަނީ އިހުތިޖާޖަށް ތައްޔާރުވަމުންނެވެ. އެފަރާތްތަކުން ބުނާގޮތުގައި އެ އަގުތަކަކީ ޓެކްސީ ޑްރައިވަރުންނަށް އޭގެން އެކަށީގެންވާ އާމްދަނީއެއް ނުލިބޭނެ އަގުތަކެއް ކަމަށެވެ.
ނަމަވެސް އެކަމާއި މެދު ގިނަ އާންމުންދަނީ ދެކޮޅު ހަދަމުންނެވެ. އެފަރާތްތަކުން ބުނާ ގޮތުގައި ޓެކްސީ ޑްރައިވަރުން ބޭނުން އަދަދަކަށް އަގު ނަގަން ދޫކޮށްލައިިފިނަމަ، އެއީ ދަތުރުކުރާ ފަރާތްތަކުގެ ހައްގަށް އަންނާނެ ބޮޑު އުނިކަމެއް ކަމަށެވެ. އަދި ސަރުކާރުން ބުނާ އަގަށް ޓެކްސީ ޑްރައިވަރުން އަމަލުކުރަން ވާނެކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މިފަދަ އަޑުތަކަށް ބީރުކަންފަތެއްދީ އިހުތިޖާޖަށް ޓެކްސީ ޑްރައިވަރުން ނުކުންނަން ދަނީ ތައްޔާރުވަމުންނެވެ. މީގެ ސަބަބުން ގިނަ އާންމުންނަށް ތަކުލީފުތަކާއި ކުރިމަތިލާން ޖެހޭނެއިރު، އެކަމަށް ހައްލު ހޯދުމަށް އާންމުންގެ ބަޔަކު މިވަނީ ތެދުވެފައެވެ.
އެގޮތުން ޓްވިޓަރގައި ވަނީ #ރައިޑެއްބޭނުން ނަމުގައި ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އެގޮތުން މާދަމާ މާލެ-ހުޅުލެ-ހުޅުމާލޭގެ ކޮންމެ ސަރަހައްދަކުންވެސް ދަތުރެއް ބޭނުންވާ މީހަކު އެ ހޭޝްޓެގުން ޓްވީޓްކުރުމުން ކޮންމެވެސް ފަރާތަކުން ދަތުރުދޭ ގޮތަށް ދަނީ ރާވަމުންނެވެ.
މީގެ އިތުރުން އަމިއްލަ ކާރުތަކާއި ވޭންތައްވެސް އާންމު ފަރުދުންނަށް ދަތުރުތައް ދޭން ވަނީ ރާވާފައިކަން ފާާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް