އުސްފަސްގަނޑާ ދިމާލު ބޭރުގައި މަރުވެފައި އޮއްވާ ފެނުނީ ދިވެއްސެއް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އުސްފަސްގަނޑާ ދިމާ ކަނޑުމަތީގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ދިވެއްސެއްކަމަށް ފުލުހުން ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ، އުސްފަސްގަނޑާ ދިމާ ބޭރު ކަނޑުމަތީގައި މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވެފައިވާކަމަށެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެހިސާބުން އޮޔާދާ މީހަކު ނެގުމަށް ޓްރެފިކް ފުލުހަކާއި އިތުރު މީހަކު ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، މަރުވެފައިވާ އެ މީހާ އޮޔާދާކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ، ހަވީރު 17:06 ހާއިރުކަމަށެވެ. މިހާތަނަށް ބެލިބެލުމުން އެނގުނު ގޮތުގައި މަރުވެފައިވާ އެމީހާއަކީ ދިވެއްސެކެވެ. އެމީހާ ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް