ގުރުއާނާއި ބެހޭ ޕްރޮގްރާމެއް ރައީސް ޞާލިހް އިފްތިތާހް ކޮށްދެއްވަވައިފި
ކީރިތި ގުރްއާން ކިޔަވަން ދަސްކޮށް ދިނުމުގެ ޕްރޮގްރާމެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު މިރޭ ޝަރަފުވެރި ކޮށްދެއްވައި އިފްތިތާހުކޮށް ދެއްވައިފި އެވެ.
މި ޕްރޮގްރާމަކީ މި ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ ފަރަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ދީނީ ގޮތުން ދޭންޖެހޭ އަސާސީ މައުލޫމާތު ދިނުމުގެ ސިޔާސަތާ އެއްގޮތަށް، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްފައިވާ ޕްރޮގްރާމެކެވެ.
މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސް ސޯލިހާއެކު އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ވެސް ބައިވެރިވެ ވަޑައިގަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް