ނުވައަހަރުގެ ކުއްޖާއަށް ގޯނާކުރިކަމުގެ ތުހުމަތުގައި މަންމަގެ ލޯބިވެރިޔާ ހައްޔަރުކޮށްފި
ގދ.އަތޮޅުގެ ރަށެއްގައި ކުޑަ އަންހެންކުއްޖަކާއި ބެހުނު މައްސަލައިގައި އިތުރު ފަރާތެއްވެސް ހައްޔަރުކޮށްފިއެވެ.
ނުވަ އަހަރުގެ މި ކުޑަކުއްޖާއާއި ބެހުނު މައްސަލައިގައި މީގެ ކުރިން އެކުއްޖާގެ 13 އަދި 16 އަހަރުގެ ދެ ބޭބެއިން ހައްޔަރުކުރިއެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަަލައާއި ގުޅިގެން މިއަދު އިތުރަށް ހައްޔަރުކުރެވިފައިވަނީ 71 އަހަރުގެ މީހެކެވެ. މައުލޫމާތު ލިބޭގޮތުގައި މި ފިރިހެންމީހާއަކީ އެ ކުއްޖާާގެ މަންމަގެ ލޯބިވެރިޔާއެވެ.
ސޯޝަލް މީޑިޔާގައި މިކުއްޖާގެ މައްސަލަ ތިލަވި ހިސާބުން ފެށިގެންވެސް، އެ ކުއްޖާގެ މަންމަގެ ލޯބިވެރިޔާވެސް އެކުއްޖާއާއި ބެހުނުކަމަށްބުނެ ގިނަބަޔަކު ވަނީ ވާހަކަދައްކާފައެވެ.
މިކުއްޖާ މިހާރު ހުރީ ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް