އާރުޑީސީއިން ރ. މަޑުއްވަރީ ފުޓުބޯޅަ ދަނޑުގައި ޓާރފްއެޅުމުގެ މަސައްކަތްކޮށްފި
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ރ. މަޑުއްވަރީ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިންމާލައިފިއެވެ.
މިކަމާ ގުޅޭގޮތުން އާރުޑީސީން ބުނެފައިވާ ގޮތުގައި މި މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ދަނޑުގައި ޓާރފްއެޅުމުގެ މަސައްކަތް ކަމަށެވެ. އަދިހަމައެހެންމެ މިމަޝްރޫއުގެ ދަށުން ދަނޑު ލެވެލް ކުރުމުގެ މަސައްކަތް ވެސް ކުރެވިފައިވާ ކަމަށް އާރުޑީސީއިން ބުނެއެވެ.
އާރުޑީސީން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަޝްރޫޢުތަކުގެ އިތުރުން އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ވެސް އެކިއެކި މަސައްކަތްތަށް ކޮށްދެމުންނެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި އާރުޑީސީއިން ވަނީ މަޑުއްވަރީ ޕާރކް މަރާމާތުކުރުމުގެ މަސައްކަތްވެސް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް