ދިރާގު ރޯޑް ރޭސް އަންނަ ހުކުރުދުވަހު ފަށަނީ
ދިރާގުގެ ފަރާތުން ބާއްވަމުން ގެންދާ ދިރާގު ރޯޑް ރޭސްގެ މިއަހަރުގެ ދުވުން އަންްނަ ހުކުރު ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މިފަހަރުގެ ރޯޑް ރޭސް ކުރިއަށްދަނީ އެހެނިހެން އަހަރުތަކާއި ޚިލާފަށް ދެ ދުރުމިނުގެ ދުވުން ވަކިންނެވެ. އެގޮތުން 10 ކިލޯމީޓަރުގެ ދުވުން އޮންނާނީ ހެނދުނު 6:00 ގައިއެވެ. އަދި 5 ކިލޯމީޓަރގެ ދުވުން އޮންނާނީ ހަވީރު 4:30 ގައެވެ.
މި ރޯޑް ރޭހުގައި އެހެނިހެން އަހަރުތަކަކޭވެސް އެއްފަދައިން ގިނަ އަދަދެއްގެ ދުވުންތެރިން ބައިވެރިވާނެކަމަށް ދިރާގުން މައުލޫމާތުދެއެވެ.
މިއީ 2007 ވަނަ އަހަރުން ފެށިގެން ވިދިވިދިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ރޭހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް