ނިކީ މިނާޖްގެ ސައުދީ ކޮންސާޓް ކެންސަލްކޮށްފި
ރެޕާ ނިކީ މިނާޖް ސައުދީ އަރަބިޔާގައި ބާއްވަން އުޅުނު ޝޯ ކެންސަލް ކޮށްލައިފިއެވެ.
ބޭރުގެ ނޫސްތަކުގައި ބުނެފައިވާގޮތުން، ސައުދީއަރަބިޔާގެ ޖިއްދާގައި ނިކީ ބާއްވަން އުޅުނު މިއުޒިކް ފެސްޓިވަލް ކެންސަލް ކުރީ އެޤައުމަކީ އަންހެނުންގެ ހައްގުތަކަށް ހުރަސް އެޅުމާއި، އެއްޖިންސުން ކައިވެނި ކުރުން ފަދަ ކަންކަން މަނާ ކުރާ ގައުމަކަށް ވާތީ ކަމަށެވެ.
ނިކީ މިނާޖް ވަނީ ސައުދީ ވޯލްޑް ފެސްޓްގައި ބައިވެރިނުވާން ނިންމި ސަބަބު ހާމަކޮށް ސޯޝަލް މީޑިއާގައި ޕޯސްޓެއްވެސް ކޮށްފައެވެ.
ޖިއްދާގައި ކުރިއަށްދާ "ވޯލްޑްފެސްޓް"ގައި ޕަރފޯމް ކުރުމަށް ނިކީ ސައުދީއަރަބިޔާއަށް ދާގޮތަށް ހަމަޖެހިފައި އޮތީ ޖުލައި 18 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް