މިސަރުކާރުން މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށްދޭނެ: ޝާހިދު
މިސަރުކާރުގެ ފަރާތުން މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށްދޭނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.
މިނިސްޓަރ ވިދާޅުވީ މަަސައްކަތްތެރިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ހީވާގި ދިވެހި އަންހެނުންނާއި ފިރިހެނުންނަށް ރައްދުކުރައްވާ ކަމަށެވެ. އަދި އެފަރާތްތަކުން ރާއްޖޭގެ އިގްތިސާދާއި މުޖުތަމައުއަށް ވެދެމުންދާ އެހީތެރިކަން މިސަރުކާރުން ބަލައިގަންނަ ކަމަށެވެ.
އަދި އެމަނިކުފާނު ވަނީ މި ސަރުކާރުން މަސައްކަތްތެރިންނަށް އެކަށީގެންވާ އުޖޫރަ ފޯރުކޮށްދީ، އެފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށްދޭނެކަމަށްވެސް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް