މަސްތުވާތަކެތީގެ އޮޕަރޭޝަނަށް ނަޝީދު ހިތްހަމަނުޖެހުން ފާޅު ކުރައްވައިފި
ރާއްޖޭގެ ފިލްމީ ތަރި މަލީހާ ވަހީދު(މަލް) މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ވާހަކަ ރާއްޖޭގެ ނޫސްތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދީ މީގެ ދެތިން ދުވަސް ކުރިންނެވެ.
މަލްހާ އަދި އިތުރު އަންހެނެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފައިވަނީ ފފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަން ހިންގާފައިވަނީ އދ. މަހިބަދޫ، އަދި އެއަތޮޅު މާމިގިލީ ޕޮލިސް ސްޓޭޝަނުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
މާމިގިލީ ބަނދަރު ސަރަހައްދުން އެ ދެ މީހުން ހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ބަލައި ފާސްކުރި އިރު މި އެ މީހުންގެ ގެންގުޅުނު ދަބަހަކުން، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި އިތުރު ޕެކެޓެއް ވަނީ ފެނިފަ އެވެ.
އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސް 2019ގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ކަމަށްހަޖޫ ޖައްސަވާފައެވެ. އެގޮތުން ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު ހަރަދެއް ކޮށްގެން އެފަދަ ބޮޑު އޮޕަރޭޝަނެއް ކުރިޔަށް ގެންދިޔުމަކީ "ބޭކާރު" ކަމެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަ ކުރައްވާފައެވެ.
ރައީސް ނަޝީދޔ އެފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވިއިރު، މީގެ ކުރިން އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު، "ބޮވެން ޖެހޭނެ" ކަމަށް ވިދާޅުވުމުން ގިނަ ބައެއްގެ ފާޑު ކިޔުންތައް އެމަނިކުފާނަށް އަމާޒުވެގެން ދިޔައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް