N/A
N/A
ހަބަރު 07 Mar 2019 | 06:36

އޮކިއުޕައި ރޭގަނޑު: ބިރަކާނުލައި މަގުމަތީގައި އުޅުމުގެ ހައްގު ހޯދަން!

"ގޭގައި އޮތްނަމަ"، މި ބަސްކޮޅަކީ ދިވެހި މުޖުތަމައުގެ ބައެއް އަފްރާދުން ކޮންމެ ކަމެއް ހިނގިޔަސް ބޭނުންކުރާ ލަފްޒެކެވެ. މީހަކަށް ދިމާވި ހާލަތެއް، ބޭރަށް ނުނިކުމެ ގޭތެރޭގައި އޮތްނަމަ ދިމާނުވާނެކަމަށް ކުރުކޮށް ބުނުމަށް ބޭނުންކުރާ ބަސްކޮޅެކެވެ. ދިވެހިރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އަންހެން ކަނބަލުންނަށް ވީހިނދު، އެ ކަނބަލުންނަށް މަގުމަތިން ދިމާވާ މައްލަވަކުރުމާއި، ތަފާތު ބާވަތްތަކުގެ ފުރައްސާރަކުރުމާއި ފޮށުމުގެ ވާހަކައެއް އިވިއްެޖެނަމަ ބައެއް ފަރާތްތަކުން އެންމެ ފުރަތަމަވެސް އެ ކަނބަލުންގެ އަރިހުގައި އެދޭނީ ގޭތެރޭގައި ތިބުމަށެވެ. ބޭރަށް ނުނިކުންނަ ކަމުގައިވާނަމަ އެފަދަ ކަންތައްތައް ދިމާނުވާނެކަމަށް ބުނެއެވެ.

ހިތާމަވެެރި ހަގީގަތަކީ، ބައެއް ފަރާތްތަކަށް އަންހެނުންނަށް ހައްގުވާ މިންވަރަކީ ބަދިގޭގެ ފުއްޑަންކަމަށް ވިސްނިފައި އޮތުމެވެ. ބަވަނަވެ، ކުރިއަރަމުންދާ މި ދުނިޔޭގައި އަންހެން ކަނބަލުން ވަޒީފާ އަދާކުރުމަށާއި، ތައުލީމް ހާސިލްކުރުމަށާއި، އިޖްތިމާއީ ރަހުމަތްތެރިކަމުގެ ގުުޅުންތައްވެސް ބަދަހިކުރުމަށް މަގުމައްޗަށް ނިކުތުމުގެ ހައްގު އެކަނބަލުންނަށްވެސް ލިބިދީފައިވެއެވެ. ނަަމަވެސް އެ ހައްގަށް އުނިކަން ލިބޭފަދައިން ކުރާ ދަށުދަރަޖައިގެ ފުރައްސާރަތަކާއި ފޮށުން ހުއްޓުވުމަށް އަޅުގަނޑުމެންގެ މުޖުތަމައު ވަނީ ނުކުޅެދިފައެވެ. ބައެއް ފަރާތްތަކަށް، ކުށަކަށްވެފައިވަނީ އަންހެން ކަނބަލުން ރޭގަނޑު ވަގުތުގައި މަގުމަތީގައި ހަރަކާތްތެރިވުމެވެ. އަންހެނުންނަށް ފޮށޭ ފިރިހެނުންނަކީ "ހުދު ކާފޫރުކޮޅެއް" ފަދައެވެ. މިއީ އަޅުގަނޑުމެންގެ "މޮޑަރން" މުޖުތަމައުގެ ހިތާމަވެރި ހާލަތެވެ.

ހަމަޖެހުމާއި އެކު ހިނގާ، ބިނގާވެ އުޅުމާއި ދަތުރުފަތުރުކުރުމުގެ ހައްގަކީ އެއްވެސް ޖިންސެއް އިސްތިސްނާނުވެ، އެންމެންނަށް ހަމަހަމަކަމާއި އެކު ލިބެންޖެހޭނެ ހައްގެކެވެ. މިއަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގައި ދިވެހި ކަނބަލުންކޮޅެއް، މި ހައްގު ހޯދުމަށްޓަކައި ނުކުތުމަށް ތައްޔާރުވެއްޖެއެވެ.

"އަންހެނުން" ގެ ނަމުގައި ހަރަކާތްތެރިވާ ޒުވާން ކަނބަލުން ކޮޅެއް، އޮކިއުޕައި ރޭގަނޑުގެ ނަމުގައި ބިރުވެރިކަމެއް ނެތި ރޭގަނޑު ގަޑީގައި ބޭރު ތެރޭގައި އުޅުމާއި މެދު ހޭލުންތެރިކުުރުުމަށް ޚާއްސަ ހަރަކާތެއް ހިންގުމަށް ދަނީ ތައްޔާރުވަމުންނެވެ.

އޮކިއުޕައި ރޭގަނޑު ބާއްވާ ފަރާތްތަކުން ވޮއިސްއަށް މައުލޫމާތު ދިންގޮތުގައި މި ހަރަކާތަކީ ހަމައެކަނި އަންހެން ކަނބަލުންނަށް ހުޅުވާލެވިގެން ބާއްވާ ހަރަކާތެކެވެ. މި ހަރަކާތުގެ މަގްސަދަކީ އާންމު ތަންތަނަކީ އަންހެނުންނަށް ކޮންމެ ވަގުތެއްގައިވެސް ރައްކާތެރި ތަންތަނަށް ހެދުމާއި ތަފާތު ދިރިއުޅުންތަކުގެ އަންހެންކަނބަލުން އެއްތަނަކަށް ޖަމާވެ، އަންހެނުންނަށް ދިމާވެފައިވާ ތަފާތު މައްސަލަތަކާއި ގޮންޖެހުންތަކާއި ގުޅޭގޮތުން ވާހަކަދައްކައި، ހޭލުންތެރިކަން އިތުރުކުރުންކަމަށެވެ. އަދި އެހެންމެ މި ހަރަކާތުގެ ދަށުން އަންހެނުންނާއި ދެކޮޅަށް ކުރެވޭ އަނިޔާތަކާއި ދެކޮޅަށް އިންސާފު ލިބިދިނުމަށް ގޮވާލެވޭނެކަމަށްވެސް ހަރަކާތް އިންތިޒާމުކުރާ "އަންހެނުން" ގެ ފަރާތުން މައުލޫމާތުދެއެވެ.

އޮކިއުޕައި ރޭގަނޑުއަށް ތައްޔާރުވުމުގެ ކަންތައްތައް މިހާރުވެސް ބާރުމިނެއްގައި ކުރިއަށް އެބަގެންދެއެވެ. އެގޮތުން މިދިޔަ އާދިއްތަ ދުވަހުގެ ރޭގައި މި ހަރަކާތަށް ޕޯސްޓަރ ހެދުމުގެ ހަރަކާތެއް، މާލޭގައި ހުންނަ އެމެރިކަން ސެންޓަރގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ ތެރެއިން "ޕީރިއަޑް: އެންޑް އޮފް ސެންޓެންސް" ނަމުގައި އުފައްދާފައިވާ އެވޯޑް ހޯދާފައިވާ ޑޮކިއުމަންޓްރީއެއްވެސް ވަނީ ދައްކާލާފައެވެ.

އޮކިއުޕައި ރޭގަނޑު ކުރިއަށްދާނީ މާޗްމަހުގެ އަށްވަނަ ދުވަހުގެ ރޭގަނޑު 9އިން ފެށިގެން މެންދަމު 12ޖަހަންދެންނެވެ. މާލޭގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސަލްޓަން ޕާކުގައެވެ. މި ހަރަކާތް މާލޭގެ އިތުރުން އެކި ރަށްރަށުގައާއި ރާއްޖެއިން ބޭރުގައިވެސް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަމަށް "އަންހެނުން" މައުލޫމާތުދެއެވެ.

"އޮކިއުޕައި ރޭގަނޑުގެ ސިސްޓަރ އިވެންޓްތަކެއް އައްޑޫ، ކުޅުދުއްފުށި، ފުވައްމުލައް، މެލޭޝިޔާ އަދި ސްރީލަންކާގައި ކުރިއަށްދާނެ. މި ލިސްޓަށް އިތުރު ރަށްތައް އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރަމުން"، "އަންހެނުން"ގެ ފަރާތުން މައުލޫމާތުދިން އޮފިޝަލް ބުންޏެވެ.

މި ހަރަކާތަށް މިހާތަނަށް ސޯޝަލް މީޑިޔާ ފަދަ ވަސީލަތްތައް މެދުވެރިކޮށް ތާއިދުލިބެމުންދާކަމަށް "އަންހެނުން" ވަނީ ބުނެފައެވެ. އަދި އެހެންމެ މާލޭ ސިޓީ ކައުންސިލްފަދަ ފަރާތްތަކުން މި ހަރަކާތަށް އެއްބާރުލުން ދެމުންގެންދާކަމަށް އެފަރާތުން ވަނީ ފާހަގަކޮށްފައެވެ.

ދިވެހި މުޖުތަމައުގައި އެތައް ޒަމާނެއް ވަންދެން އަންހެން ކަނބަލުންނަށް އާންމު ތަންތަނާއި މަގުމަތީގައި ފުރައްސާރަކޮށް ބިރުދައްކައިފިއެވެ. ފަސްފަހަތުން ބަލަމުން ނޫނީ ރޭގަނޑު އެކަނި ގެއަށް ނުދެވޭހާ ވަރަށް މަގުތަކުން މައްލަވަކޮށްފިއެވެ. އެކަމަށް ދެނެއް ދިވެހި އަންހެންވެރިން ކެތެއް ނުކުރާނެއެވެ. ހައްގު ހޯދުމަށްޓަކައި ފަސްޖެހުމެއްނެތި ހައްގުބަސް ބުނާނެއެވެ. އޮކިއުޕައި ރޭގަނޑުން މަގުތަކަކީ އަންހެނުންގެވެސް ތަނަކަށް ހަދާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...