ވިނަރެސް ކައިރީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ވިނަރެސް ފްލެޓްތައް ހުންނަ މަގުގައި މީގެ ކުޑައިރުކޮޅެއް ކުރިން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
އެކްސިޑެންޓް ހިނގާފައިވަނީ ހިތިގަސްމަގު ވިނަރެސް ޓަވަރު 7 ކުރިމައްޗާ ދިމާލުގައެވެ. މިވަގުތު އެ ސަރަހައްދުގައި ހުރި މީހަކު ބުނީ ބާރު އަޑެއް އިވިގެން ބަލާލިއިރު ކުއްޖަކު އޮތީ ވެއްޓިފައި ކަމަށާއި، އެވަގުތު ކުއްޖާގެ ބޮލުން ގިނަ އަދަދެއްގެ ލޭ ބިންމައްޗަށް އެޅިފައި ހުރިކަމަށެވެ. އަދި ކުއްޖާ ވެއްޓިފައި އޮތްއިރު އެ ކުއްޖާގެ ހަރަކާތެއް ނެތްކަމަށެވެ.
ބެލެވޭ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.
ޓްރެފިކް ފުލުހުންނާއި ތަހްގީގްކުރާ ފުލުހުން މިހާރު ދަނީ އެ ސަރަހައްދު ބަންދުކޮށް ހަރަކާތްތެރިވަމުންނެވެ.
އިތުރު ތަފްސީލް އަންނަނީ..
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް