އދ.މާމިގިލީގެ ބައެއް މަގުތައް އާރުޑީސީން ނިންމާލައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އދމާމިގިލީގައި ކުރިއަށްގެންދާ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން ބައެއް މަގުތަކުގެ މަސައްކަތް ނިންމާލއިފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އާރުޑީސީން ބުނީ، އދ. މާމިގިލީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެ ރަށުގައި ހަދަމުންދާ މަގުތަކުގެ ތެރެެއިން ބޮންތިޖެހި މަގުގައި ތާރު އެޅުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. މިވަގުތު ކުރިއަށް ދަނީ މަގުގައި ނިޝާންތައް ކުރެހުމުގެ މަަސައްކަތްކަމަށް އާރުޑީސީން ބުންޏެވެ.
އާރުޑީސީން މާމިގިލީ މަގުތައް ހެދުމުގެ މަސައްކަތް މިފަހުން ފަށާފައިވަނީ ޖެނުއަރީމަހުގެ 6 ވަނަ ދުވަހެވެ. އެރަށުގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ފެށީ ރައީސް ޔާމިނުގެ ވެރިކަމުގައެވެ. މިދިޔަ ސަރުކާރުން އެ މަސައްކަތް އާރުޑީސީއާ ހަވާލުކުރި ނަމަވެސް އެ މަސައްކަތް ކުރިއަށްގޮސްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް