އީމެއިލް އިން މިހާރު ޕާސްޕޯޓަށް އެދެވޭނެ!
މިއަދުން ފެށިގެން އީމެއިލް މެދުވެރިކޮށް، ޕާސްޕޯޓްގެ ޚިދުމަތަށް އެދެވޭނެ އިންތިޒާމް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.
އިމިގްރޭޝަނުން ބުނީ އީމެއިލް މެދުވެރިކޮށް ޕާސްޕޯޓް ހެދުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުރިހާ ޑޮކިއުމެންޓްތައް ހަމަވާ ފަރާތްތަކަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދެއްކުމަށް އީމެއިލަކުން އަންގާނެ ކަމަށެވެ.
އަދި ފައިސާ ދެއްކުމަށް އިމިގްރޭޝަނަށް ވަޑައިގަންނަވާއިރު ޕާސްޕޯޓުގެ ވެރިފަރާތް ނުވަތަ ވެރިފަރާތުން ކަނޑައަޅާ ފަރާތެއް ކަން އެނގޭނެ ލިއުމެއް ގެނައުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.
އިމިގްރޭޝަނުން ބުނީ އީމެއިލް މެދުވެރިކޮށް ޕާސްޕޯޓު ހެއްދުމަށް ލިޔުންތައް ހުށަހަޅަންޖެހޭނީ އެ މުއައްސަސާގެ އީމެއިލް އެޑްރެސް [email protected] އަށް ކަމަށެވެ. އަދި ބުނީ އީމެއިލް ފޮނުވާއިރު އީމެއިލްގެ ސަބްޖެކްޓުގައި ވެރިފަރާތުގެ ފުރިހަމަނަން، އައި.ޑީ ކާޑް ނަންބަރު އަދި ގުޅޭނެ ނަންބަރު އޮންނަންވާނެކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދޭއިރު، ޕާސްޕޯޓަށް އެދޭ ފޯމާއި އައިޑީކާޑުގެ ކޮޕީއާއި 10 ރުފިޔާގެ ރެވެނިއު ސްޓޭމްޕްގެ އިތުރުން އެންމެ ފަހުން ހަދާފައިވާ ޕާސްޕޯޓްގެ ޑޭޓާ ޕެކޭޖްގެ ކޮޕީއާއި ޕާސްޕޯޓް ސައިޒްގެ، އެއް މަސް ހަމަނުވާ ފޮޓޯއެއް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް