N/A
N/A
ހަބަރު 15 May 2019 | 07:16

ކައްޕިއަށް ކޮފީއެއްދީގެން މި ރަމަޟާން މަހު އަޖުރު ހޯދިދާނެ!

ލިޔުނީ: އައްޝައިޚް މުޖްތަބާ ޙަމީދު

ޝަމޫޙު ނުވަތަ ކައްޕިއަކީ ރަފްހާނުގެ އެކުވެރިއެކެވެ. އެތައް ޒަމާންތަކެއްކޮށްފައި އެ ދެއެކުވެރިން ދިމާވީ ރޭގެ ތަރާވިސްނަމާދު ނިންމާފައި ފުރްޤާން މިސްކިތުންނެވެ.

"ރަމަޟާން މުބާރަކު" ކައްޕި ބުނެލިއެވެ. އިވުނު އަޑަކީ ދަންނަ އަޑެއްކަމުން ރަފްހާނު ފަސްއެނބުރި ބަލާލީ އެ އަޑު އައި ދިމާލަށެވެ. އޭނާގެ ފުރަގަހުގައި އަތްދިގު ގަމީހެއްލާފައި ހެވިދިލިފަ އެހުރީ އެކުވެރި ކައްޕިއެވެ.

"ޢައްސަލާމް ޢަލައިކުމް" ރަފްހާނު ސަލާމްކުރުމަށް އަތްދިކޮށްލަމުން ބުނެލިއެވެ. ކައްޕި ސަލާމް ބަލައިގަންނަމުން ރަފްހާނު ގައިގަ އޮޅުލައިގަތެވެ. "މިރޭ ކޮފީއެއް ދިނީމަ ދޫކޮށްލާނީ" ބާރުބާރަށް ރަފްހާނު ގައިގާ ބައްދައިގަންނަމުން ކައްޕި ބުނެލިއެވެ.

"ހިނގާދާން. ތިކަހަލަ އެކުވެރިއަކަށް ހާސް ކޮފީވެސް ދީފާނަން. އެކަމަކު މިރޯދަމަހު ކޮފީ އެއްޗެހި ބޮއެ ސަކަރާތް ޖެހުން ރަނގަޅުތަ؟" ރަފްހާނު ސުވާލުކޮށްލިއެވެ.

"ތީ ރަނގަޅުވާހަކައެއް" ކުރިއަށް އަޅަން އުޅުނު ފިޔަވަޅު ނާޅާ ކައްޕި ބުނެލިއެވެ. ކަންދިމާކުރިގޮތުން އެވަގުތު މިސްކިތުން ފައިބައިގެން އެހެރަ އަންނަނީ ރާއްޖޭގެ ނަންމަޝްހޫރު ޢިލްމުވެރިއެކެވެ. ރަފްހާނު ބަލާކަށްނުހުރެ ގޮސް އެ ޝައިޚް ގާތު ސުވާލުކުރިއެވެ.

"އަޅުގަނޑާއި މިހުންނެވި ބޭފުޅާއާއި މިއީ ދެރައްޓެހިންނެވެ. ދިމާވީ ވަރަށް ދުވަސްފަހުން. ކޮފީއެއް ބޯލަން ރަމަޟާންމަހު ދިއުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟"

"ކޮންނަމެއް ތިދެކުދިންނަށް ކިޔަނީ؟" ޝައިޚް ސުވާލުކޮށްލެއްވިއެވެ.

"އަޅުގަނޑު މިއީ ރަފްހާނު މިހުރި އަޅުގަނޑުގެ އެކުވެރި ޝަމޫހު އާއްމު ނަމުންނަމަ ކައްޕި" ރަފްހާނު ޖަވާބު ދިނެވެ.

"އެހެންވީމާ ކައްޕިއަށް ކޮފީއެއްދީގެން މިރަމަޟާން މަހު އަޖުރުހޯދާ." ވަރަށް ސާދާކަމާއިއެކު ޝައިޚް ވިދާޅުވިއެވެ.

"ތީގެ މާނައަކީ ރޯދަމަހު ކޮފީއެއް ދިނުމަކީ ހަމައެކަނި ހުއްދަކަމެއް ނޫނޭ، އެއީ އަޅުކަމެކޭތޯ؟" ކައްޕި ނުހުރެވިގެން ސުވާލު ކޮށްލިއެވެ.

"ލައްބަ. އަހަރުގެ ކޮންމެ ދުވަހެއްގައިވެސް މީސްތަކުންނަށް ކާންދިނުމަކީ ވަރަށް މަތިވެރި އަޅުކަމެއް. އެއީ ޞަދަޤާތުގެ ތެރެއިންވާކަމެއް. ޚާއްޞަކޮށް ރަމަޟާންމަހު ރޯދަވީއްލުމެއް ދިނުމަކީ ވަރަށް މަތިވެރިކަމެއް. އަދި ރޭގަނޑުގެ އެނޫން ވަގުތު ތަކުގައިވެސް ކާންދެވިދާނެ. އިތުރު ސުވާލެއް ނެތިއްޔާ އަޅުގަނޑު ގޮސްލަނީ." ހިނިތުންވުމެއް ދިނުމަށްފަހު ޝައިޚް އެ ދެއެކުވެރިން ފަސްދީ ގޮސް އޮބާލައިފިއެވެ.

"އަވަހަށްހިނގާ ކޮފީއަށް" ރަފްހާނު ބުންޏެވެ. "ނޫން އަހަރެން ކޮފީ ދޭނީ" ކައްޕި ރައްދުގައި ބުންޏެވެ.

ކޮންމެއަކަސް އެތަނުން ކޮފީ ދިނީ ކާކުތޯ އަޅުގަނޑަކަށް މުހިއްމެއް ނޫނެވެ. އަދި އެމީހުން އެރޭ ކޮފީ ބުއިތޯ ނޫނީ ބުއިނަމަ ކޮފީއަށް ދިޔައީ ކޮން ކެފޭއަކަށްތޯ އަޅުގަނޑު އަމުދުން ހޯދާކަށްވެސް ނެތީމެވެ.

ތިބޭފުޅުން އަޅުގަނޑާއިއެކު ދެންމެ އެ ޢިލްމުވެރިޔާ އެވިދާޅުވި ބަސްފުޅާމެދު އިތުރަށް ވިސްނާލަން އަންނާށެވެ. "އެހެންވީމާ ކައްޕިއަށް ކޮފީއެއް ދީގެން މި ރަމަޟާންމަހު އަޖުރުހޯދާ." މި ޢިބާރާތުން ދޭހަވަނީ ކޮންކަމެއްތޯއެވެ. ހަމަގައިމު އަޅުގަނޑަށް އެތައް ކަމެއް އެބަ ދޭހަވެއެވެ.

ފުރަތަމަ ކަމަކީ: ކައްޕިގެ ދެ އެކުވެރިންނަށް ވިސްނުނުގޮތަށް އެކަކު އަނެކަކަށް ކޮފީ ދިނުމަކީވެސް އަޅުކަމެކެވެ. އަދި އެއީ ރަމަޟާންމަސް ފަދަ ހެޔޮކަމުގެ މޫސުމުގައި ކުރަން ހަމަ ޙައްޤު ޞަދަޤާތެކެވެ. އަދި މިހެން ޞަދަޤާތް ކުރާއިރު ފަޤީރެއްނޫނަސް ގާތްއެކުވެރިއަކަށްވެސް އެ ޞަދަޤާތް ކުރެވިދާނެކަމެވެ. ނަމަވެސް މީގައި އަބަދުވެސް ހަނދާންކުރަންޖެހޭ މުހިއްމު ނުކުތާއަކީ މިފަދަ ކޮންމެ ކަމެއްވެސް އަޅުކަމަކަށްވަނީ އެކަމަށް ހިތުނިޔަތްގަނެގެން ކުރީމައެވެ. މިސާލަކަށް ހެޔޮދަރުމަ ހޯދުމުގެ ނިޔަތެއް ނެތި ކައްޕިއަށް އެއްހާސް ކޮފީ ދިނަސް އެއީ އަޅުކަމަކަށް ނުވާނެއެވެ. އެއާޚިލާފަށް ﷲގެ ހަޟްރަތުން ސަވާބު އެދިގެން ކުޑަ ކަޅު ކޮފީ ކޯވަރެއް އެކުވެރިއަކަށް ދިއްކޮށްލިއަސް އެއީ ބޮޑު އަޅުކަމަކަށް ވެދާނެއެވެ. އެކަމުގެ ބަދަލު "ސުވަރުގެއިން" ﷲ ދެއްވާނެތެވެ.

ދެވަނަ ކަމަކީ: ޝެއިޚްގެ އެ ޖަވާބުން އިސްލާމްދީނަކީ މިސްކިތުގެ އެތެރޭގައި އޮންނަ ދީނެއް ނޫންކަމާއި އިސްލާމްދީނާއި އަޅުކަންތައް މިސްކިތްތައް ފަހަނައަޅައި ކެފޭތަކަށްވެސް ވެއްދޭނެކަން ދޭހަވެގެން ނުދޭތޯއެވެ؟ އަޅުގަނޑަށް ދޭހަވެއެވެ. އެކަން އެގޮތަށް ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އެންމެ ފުރަތަމަ މަދީނާއަށް ހިޖުރަކުރައްވާ މަދީނާގެ މީސްތަކުންނާއި ބައްދަލުކުރަވަމުން މާތްނަބިއްޔާ މުޙައްމަދު ބިން ޢަބްދުﷲ -صلى الله عليه وسلم- ޙަދީޘްފުޅު ކުރެއްވި އެއް ޙަދީޘްފުޅަކީ މި ޙަދީޘްފުޅެވެ.

" (يا أيها الناس: أفشوا السلام، وأطعموا الطعام، وصِلُوا الأرحام، وصلّوا بالليل والناس نيام، تدخلوا الجنة بسلام) رواه أحمد والترمذي والحاكم، وصححه الترمذي والحاكم ووافقه الذهبي.

މާނައީ: އޭ މިސްތަކުންނޭ! ސަލާމް ފަތުރާށެވެ. މީހުންނަށް ކާންދީ އުޅޭށެވެ. ރަޙިމުގެ ގުޅުން ޤާއިމުކުރާށެވެ. މީސްތަކުން ނިދާފައިތިބޭ ވަގުތުގައި ރޭއަޅުކަން ކުރާށެވެ. އޭރުން ތިޔަބައިމީހުން ސަލާމަތްތެރިކަމާއެކު ސުވަރުގެވަންނާނެއެވެ".

މަދީނާގައި މީލާދީން 7 ވަނަ ޤަރުނުގައި ޤާއިމުކުރެއްވި ދައުލަތަކީ ދެދުނިޔޭގެ ބާއްޖަވެރިކަމަށް ގޮވާލާ ދައުލަތެއްކަން ސާފުކޮށް އެބަ ދޭހަވެއެއް ނޫންތޯއެވެ. ސަލާމްޤަލާން ކޮށް މީސްތަކުންނަށް ކޮފީއާއި ސައިދީ ބޮޑުދައިތަ ބޮޑުބޭބެމެންނަށް ޒިޔާރަތްކޮށް ދަމުނަމާދުކޮށް ދުޢާ ކުރަންވީ "ވޯޓު" ހޯދާކަށް ނޫންކަމާއި އެއީ ސުވަރުގެވަންނަން ކުރަން ހުރި "އަޅުކަންތައް" ކަން ނިކަން ފިސާރި ރަނގަޅަށް ސާފުވީމާ މީލާދީން އެކާވީސްވަނަ ޤަރުނުގައި ބަޔަކު ނުކުމެ އެއީ މުޙައްމަދެއް އަޙްމަދެއްކަމަކު ދީނާ ސިޔާސަތު ވަކިކުރަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ.

ތިންވަނަ ކަމަކީ: އަހުރެމެން "އަޅުކަމުގެ" މަފުހޫމާ މެދު މިގެންގުޅޭ "އިދިކީލަ" ޚިޔާލު ދުކޮށްލާ އިސްލާމީ ތަޢުލީމުގައި އައިސްފައިވާ އަޅުކަމުގެ ޝާމިލު ފުޅާ މާނަ ދެނެގަންނަން ޖެހޭކަމެވެ. އެހެނީ އެ މާނަ ދެނެގަނެވިފައިވާނަމަ އެ ދެއެކުވެރިން އެސުވާލު އުފަންދަން ނުޖެހޭނެކަން ކަށަވަރެވެ.

އެންމެ ފަހުކަމަކަށް އެ ދެއެކުވެރިން ކަމަކާއިމެދު ސުވާލު އުފެދުމުން އެކަމާއިބެހޭ ދާއިރާއެއްގެ މީހެއް ނުވަތަ ފަރާތެއްގެ ކިބައިން އެސުވާލެއްގެ ޖަވާބު ހޯދިކަމީ އެ ދެއެކުވެރިންގެ ތަހްޒީބުކަމާއި އާރުލާ ކަމެވެ. ހަމައިގައިމު އެންމެ މީރު ކޮފީ ލިބެން ހުރީ ކޮން ކެފޭއަކުންތޯ އެ ޝެއިޚުގެ ކިބައިން ނާހާވިއްޔާއެވެ. އެސުވާލަށް ކޮންމެ މީހަކަށްވެސް އެއީ ކޮފީ ބޯން ކެފޭއަށް އަރާ އުޅޭ މީހެއްނަމަ ޖަވާބު ދެވުނަކަސް ކޮފީ ބޯލާހާ ފަސޭހައިން ދީނުގެ ޙުކުމުތައް ކޮންމެކޮންމެ މީހަކު ކައިރީ އަހައިގެން ހޯދާކަށް ނުވާނެއެވެ. ބަލިވީމާ ހަސްފަތާލަށް ގޮސް ޑޮކްޓަރުގެ ލަފާ ހޯދާހެން ކޮންމެ ކަމެއްގައިވެސް އެކަމެއްގެ އަހުލުވެރިންނާއި ސުވާލުކުރުމަށް ސަމާލުވާން ޖެހެއެވެ.

ކޮންމެއަކަސް "ކައްޕިއަށް ކޮފީދީގެން މި ރަމަޟާންމަހު އަޖުރުހޯދިދާނެކަން އެނގުމުން ކައްޕި ނޫން މީހުންނަށްވެސް ރޯދަވީއްލުމާއި އެކި ކަހަލަ ކެއުންތައްދީގެން އަޖުރު ހޯދަމާތޯއެވެ. އަދި އެކިކަހަލަ ޞަދަޤާތް ދީގެންވެސް އަޖުރު ހޯދުމުގެ ދޮރު ފުޅާކޮށްލަމާތޯއެވެ! މީސްތަކުންނަށް ކާންދިނުމަކީވެސް މި ރަމަޟާންމަހު ޤުރްއާންކިޔަވާ ތަރާވިސް ނަމާދުކުރާ ފަދައިން ކޮށްލަން ހަމަރަނގަޅު އަޅުކަމެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...