911 ހިމެނޭހެން ފުލުހުންގެ ހޮޓްލައިންތަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެއްޖެ
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
911 ހިމެނޭހެން ފުލުހުންގެ 2 ހޮޓްލައިން ނަންބަރަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެއްޖެއެވެ.
ފުލުހުން މިކަން ހާމަކޮށްފައިވަނީ ދެންމެ އެ އިދާރާއިން އެކްސްގައި ކުރި ޕޯސްޓަކުންނެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓް
ޓެކްނިކަލް މައްސަލަ ދިމާވި ހޮޓްލައިންތަކަކީ 3322111 އަދި 3322112 އެވެ. މީގެ އިތުރުން އިމަޖެންސީ ހާލަތްތަކުގައި ގުޅުމަށް ހަމަޖައްސާފައިވާ 911 އަށް ވެސް ޓެކްނިކަލް މައްސަލައެއް ދިމާވެގެން އުޅޭ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ވަނީ އިމަޖެންސީ ކަންތަކަށް މިވަގުތު 9888999 އަށް ގުޅުމަށް އިލްތިމާސްކޮށްފައެވެ.
މި މައްސަލަ ދިމާވި ސީދާ ސަބައެއް ފުލުހުން އަދި ހާމަކޮށްފައި ނުވާއިރު، ފުލުހުން ދަނީ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް