ފެނަކަައިގެ ޑީއެމްޑީ އަކަށް އާދަމް ތައުފީގް ހަމަޖައްސައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އާދަމް ތައުފީގު އައްޔަނު ކޮށްފި އެވެ.
އޭނާ އެ މަގާމަށް އައްޔަނުކޮށްފައިވާކަން ހާމަކޮށް މަރުހަބާ ކިޔާ ފެނަކަ އިން ވަނީ ޕޯސްޓެއް ކޮށްފަ އެވެ.
އާދަމް ތައުފީގަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ކޮށްފަ އެވެ. ނިމިގެން ދިޔަ މަޖިލީހުގެ ދެ އިންތިހާބުގައި ވެސް އޭނާ ވަނީ, އޭނާ ނިސްބަތްވާ ކުރެންދޫ ދާއިރާއަށް ކުރިމަތިލާފަ އެވެ. ނަމަވެސް ދެ ފަހަރުވެސް އިންތިހާބުން ނާކާމިޔާބުވީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް