ފުލުހުންގެ އަހަރުގެ ފަހު އޮޕަރޭޝަން ''ނިމޭ 19'' ފަށައިފި
''ނިމޭ 19'' ގެ ނަމުގައި ފުލުހުންގެ އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ، ''ނިމޭ 19'' ގެ ނަމުގައި ކުރިޔަށް ގެންދާ މިއޮޕަރޭޝަން، މިމަހުގެ 23 އިން އަންނަ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާނެ ކަމަށެވެ.
މިއޮޕަރޭޝަނުގައި ހުއްޓުވައި ބަލައި ފާސްކުރުމާއި މަސްތުވާތަކެއްޗަށް ޗެކު ކުރުމާއި ބަނގުރަލަށް ޓެސްޓް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އަދި ގޭންގް ހަދައިގެން މީހުން އުޅޭ ތަންތަންވެސް ބަލައި ފާސްކުރަމުންދާކަމަށެވެ. ފުލުހުން ބުނިގޮތުގައި މިއޮޕަރޭޝަން ކުރިޔަށް ދަނީ، މާލެ ހުޅުމާލޭ ވިލިމާލެ، އަދި މާލެއާއި ހުޅުމާލެ ގުޅޭ ބުރިޖުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އާ އަހަރާއި ދިމާކޮށް ފުލުހުން މިފަދަ އޮޕަރޭޝަނެއް ފެށިއިރު، މިދުވަސްވަރަކީ މާލެ ސިޓީގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ދުވަސްވަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް