ގަވައިދާ ހިލާފަށް ވިޔަފާރިކުރާ މައްސަލަ ބަަލަން ބޭއްވި ކޮމެޓީ ބައްދަލުވުން ސިއްރުކޮށްފި
ގަވައިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީންގެ މައްސަލަ ބަލަން މިއަދު ބޭއްވި ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމަށް މީޑިއާއަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްފިއެވެ.
މިއަދުގެ ބައްދަލުވުމަށް ކަމާބެހޭ އިދާރާތަކުގެ ވެރިން ހާޒިރުކުރުމަށް ކުރިން ވަނީ ތާވަލްކޮށްފައެވެ.
އޭގެ ތެރޭގައި ފޮރިން މިނިސްޓްރީއާއި އިމިގްރޭޝަނާއި އިކޮނޮމިކް މިނިސްޓްރީގެ އިސް ބޭފުޅުން ހާޒިރުކުރަން ނިންމާފައި ވެއެވެ.
މިއަދުގެ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެންބަރަު އިބްރާހީމް ޝަރީފު ވިދާޅުވެފައިވަނީ ކޮމެޓީ ބައްދަލުވުން ސިއްރުކުރީ ދޭދޭ ގައުމުތަކާ ބެހޭ ގޮތުން ދައްކާ ވާހަކަތަކަށް ވުމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް