ރަސްގެތީމުގައި މީހެއްގެ ހަބަރެއް ނުވެގެން ބެލިއިރު މަރުވެފައި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ރ.ރަސްގެތީމުގައި މީހެއްގެ ހަބަރެއް ނުވެގެން ބެލިއިރު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ މިކަމެއް ހިނގާފައިވަނީ ރޭ 21:53 ހާއިރުކަމަށެވެ. މަރުވި މީހާއަކީ އެކަނި އުޅެމުންދިޔަ ރަސްގެތީމު ސޯސަންގެއަށް ނިސްބަތްވާ އުމުރުން 55 އހަަރުގެ އިބްރާހީމް ޔޫސުފްފުޅެވެ.
ފުލުހުން ބުނީ އެމީހާ މަރުވެފައި އޮއްވާ ފެނުނީ ގޭގައި ކަމަށާއި، މިހާތަނަށް ބެލިބެލުމުން ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައިވާކަން ފާހަގަކުރެވިފައި ނުވާކަމަށެވެ. އިބްރާހީމް ދިރިއުޅެމުންދިޔަ ގެ ބަލާފައިވަނީ ހަބަރެއްނުވާތާ ދެ ދުވަސްވުމުން ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހްގީގް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް