ހުޅުމާލެ ފޭސް އެކެއްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ހުޅުމާލެ ފޭސް އެކެއްގެ ނިރޮޅުމަގުގައި މީގެ ކުޑައިރުކޮޅެއް ކުރިން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ހަވީރު 16:04 ހާއިރު ނިރޮޅުމަގުން ހައިވޭއަށް ދާން އޮންނަ ފަރާތުގައެވެ.
އެކްސިޑެންޓް ހިނގާފައިވަނީ ދުއްވާފައިދިޔަ ސައިކަލެއް އެވަގުތު މަގުގެ އެއްފަޅީގައި އޮތް ޕިކަޕެއް ދޮރުހުޅުވާލި ވަގުތު ދޮރުގައި ޖެހިގެންކަމަށް ފުލުހުން ބުންޏެވެ. ސައިކަލް ދުއްވަން އިނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. ސައިކަލުން ވެއްޓުނު މީހާއަށް ކޮންމެވެސް ވަރަކަށް އަނިޔާވިނަމަވެސް، ބަލާބެލުމުން ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް