އަދީބު އަނެއްކާވެސް ގޭބަންދަށް ބަދަލުކޮށްފި
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭބަންދަށް ބަދަލުކޮށްފިއެވެ.
ރޭގެ ވަގުތެއްގައި އަދީބު ގޭބަންދަށް ބަދަލުކޮށްފައިވަނީ ދެހަފްތާ ވަންދެން އައިޖީއެމްއެޗްގައި އެނދުމަތިކޮށްގެން ފަރުވާ ދިނުމަށް ފަހުގައެވެ.
އަދީބަށް ފަރުވާދީފައިވަނީ ކޮން ބައްޔަކާއި ގުޅިގެންކަމެއް އާއިލާއިންނާއި އައިޖީއެމްއެޗްއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އަދީބުގެ ބައެއް ޓެސްޓްތައް ހެދިކަން އެނގިފައިވެއެވެ.
ކަރެކްޝަންސް އިން ބުނީ އަދީބު ގެއަށް ބަދަލުކޮށްފައިވަނީ ޝަރުތުތަކަކާއި އެކުގައި ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އަދީބަކީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ރައީސްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް