ކަރަންޓު ކެނޑުން: އައްޑޫގެ އިންޖީނަށް މައްސަލަޖެހި ކަރަންޓު ކަނޑަނީ!
އައްޑޫ ސިޓީގައި ފެނަކާއިން ކަރަންޓު ދިނުމަށް ބޭނުންކުރަމުން އަންނަ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މުޅި އައްޑު ސިޓީއިން ކަރަންޓު ކަނޑަމުންދާނެކަމަށް ފެނަކައިން ބުނެފިއެވެ.
މިކަން ހާމަކޮށްފައި މިވަނީ އައްޑޫ ސިޓީގެ ގެތަކަށް ފެނަކައިން ފޮނުވާފައިވާ ލިޔުމެއްގައިއެވެ.
އެގޮތުން އައްޑޫ ސިޓީ އިންޖީނުގޭގެ މައްސަލަ ހައްލަ ކުރެވެންދެން ކޮންމެ ދުވަހަކު ހެނދުނު 10 އިން ފެށިގެން ރޭގަނޑު 10 އާއި ހަމައަށް އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަމުންދާނެ ކަމަށް ފެނަކައިން ބުނެފައިވެއެވެ. އަދި ކަރަންޓު ކަނޑާނީ ކޮންމެ ސަރަހައްދަކުންވެސް އެއްގަޑި އިރަށްކަމަށް ފެނަކައިން ބުނެފައިވެއެވެ.
އައްޑޫ ސިޓީގައި މައްސަލަ ދިމާވެފައިވަނީ ދެ މެގޮވޮޓްގެ އިންޖީނަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް